ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)222-AH/INDIV/2015/15
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 16:03
ސުންގަޑި: 05 މޭ 2015 15:00
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ދުނިޔޭގެ ތަރިކައިގެ ލިސްޓްގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ ޕްރޮޖެކްޓްގެ މަސައްކަތަށް އެހީތެރިވާނެ މީހުން ބޭނުންވެއްޖެ

ދުނިޔޭގެ ތަރިކައިގެ ލިސްޓްގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ ޕްރޮޖެކްޓްގެ މަސައްކަތަށް އެހީތެރިވުމަށް ބޭނުންވާ ރިސަރޗް އެސިސްޓެންޓް (ތާރީޚް ދިރާސާކުރުން) އަދި ރިސަރޗް އެސިސްޓެންޓް (އާކިޓެކްޗަރަލް ދިރާސާކުރުން) ހޯދަމަށް ކުރެވުނު އިޢުލާން ނަމްބަރު: (IUL) 222-AH/INDIV/2015/10 (2015 މާރިޗު 30) އަށް ޝަރުޠު ހަމަވާ ފަރާތްތައް ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މަޤާމު:

ރިސަރޗް އެސިސްޓަންޓް ( ތާރީޚު ދިރާސާކުރުން)

މުސާރަ:

މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް 38 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

ހެރިޓޭޖް

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ

ވަޒީފާ އަދާ ކުރަންޖެހޭ ތަން /ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ

ޝަރުޠު: 
  • މަތީ ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:



  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން
  • ބޭރުގެ މާހިރުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން
  • ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން
  • ކޮމްޕިއުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް އެކްސެލްއާއި ވަރޑް ޕްރޮގްރާމަށް އަހުލުވެރިވުން)
  • ރަސްމީ ދުވަސްދުވަހާއި ބަންދު ދުވަސްތަކުގައި ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން
  • އާޓްސް ނުވަތަ ހިސްޓްރީގެ ދާއިރާއިން ކިޔަވާފައި ތިބި މީހުންނަށް އިސްކަންދެވޭނެ
  • ދިވެހި ބަހުގެ އަދަބީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުންނަށް އިސްކަންދެވޭނެ
  • ރިސަރޗް މަސައްކަތްތަކުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ

ކުރަންޖެހޭ މަސައްކަތް:

  • ދިވެހިރާއްޖޭ އުފެދުނުގޮތާއި މީހުން އާބާދުވިގޮތާއި ދީނާއި ސަގާފަތާއި އާދަކާދައާ ބެހޭގޮތުން ކުރަން ހުރި ދިރާސާތައް ކުރުން.
  • ދިވެހިރާއްޖޭގެ ޝާޙީ ދަރިފަސްކޮޅު ދެމިގެންއައި ގޮތާއި ދިވެހިރާއްޖޭގައި ފެންނަން ހުރި ހިރިގަލު މިސްކިތްތަކާ ހުރި ގުޅުމާބެހޭ ގޮތުން ދިރާސާކުރުން.
  • އެކި ދުވަސްވަރުގައި ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާ ހުރި ގުޅުމާއި މި ޤައުމުތަކުގެ ސަބަބުން ރާއްޖެއަށް ކޮށްފައިވާ އަސަރު.
  • ދިވެހިރާއްޖެގައި އިހުގައި ކުރަމުންދިޔަ މަސައްކަތްތަކާއި އެ ދުވަސްވަރު މި މަސައްކަތް ކުރުމަށް ބޭނުންކުރި އާލަތްތަކާ ބެހޭގޮތުން ކުރަން ހުރި ދިރާސާތައް ކުރުން.
  • ހިރިގަލު މިސްކިތްތައް ބިނާކުރެވިފައިވާ ރަށްރަށުގެ ތާރީޚާއި މި މިސްކިތްތައް ބިނާކުރުން ހުއްޓުނު ސަބަބު ދިރާސާކުރުން.
  • ދިވެހިރާއްޖޭގައި އޮތް ދީންތަކާއި ޤަބޫލުކުރެވުނު ޤަބޫލުކުރެވުންތައް އަދި މި ހިރިގަލު މިސްކިތްތަކުން ފެންނަމުންދާ ކުރެހުންތަކާއި މި ޤަބޫލުކުރުންތަކާ ހުރި ގުޅުން ހޯދުމަށް ކުރަން ހުރި ދިރާސާތައް ކުރުން.
  • ރިސަރޗްއާ ގުޅޭ އިދާރީ މަސައްކަތްތައްކުރުން.
  • ޑިޕާޓްމެންޓުން ތައްޔާރުކުރާ ތާވަލާއި އެއްގޮތަށް ދިރާސާތައް ކުރުމާއި، އެ ދިރާސާތައް ޑިޕާޓްމަންޓުން ކަނޑައަޅައިފައި ވާ މިންގަނޑާ އެއްގޮތަށް ހުށަހެޅުމާއި ރިޕޯޓު ތައްޔާރުކުރުން.

މަޤާމު:

ރިސަރޗް އެސިސްޓަންޓް ( އާކިޓެކްޗަރަލް ދިރާސާކުރުން)

މުސާރަ:

މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް 38 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

ހެރިޓޭޖް

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ

ވަޒީފާ އަދާ ކުރަންޖެހޭ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ

ޝަރުޠު: 
  • މަތީ ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ
  • ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން
  • ބޭރުގެ މާހިރުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން
  • ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން
  • ކޮމްޕިއުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް އެކްސެލްއާއި ވަރޑް ޕްރޮގްރާމަށް އަހުލުވެރިވުން)
  • ރަސްމީ ދުވަސްދުވަހާއި ބަންދު ދުވަސްތަކުގައި ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން 
  • އާޓްސް ނުވަތަ ހިސްޓްރީގެ ދާއިރާއިން ކިޔަވާފައިތިބި މީހުންނަށް އިސްކަންދެވޭނެ
  • ދިވެހި ބަހުގެ އަދަބީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުންނަށް އިސްކަންދެވޭނެ
  • ރިސަރޗް މަސައްކަތްތަކުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ
  • އާކިޓެކްޗަރގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެ

ކުރަންޖެހޭ މަސައްކަތް:

  • ދިވެހިރާއްޖޭގައި ބިނާކުރެވުނު އިމާރާތްތަކުގެ ވައްތަރުތަކާއި އިމާރަތް ކުރެވުނު ދުވަސްވަރާ ބޭހޭ ގޮތުން ދިރާސާކުރުން.
  • ދިވެހިރާއްޖޭގައި އިމާރާތް ކުރުމަށް ބޭނުންކުރި މިންތަކާއި ގޮތްތަކާބެހޭ ގޮތުން ދިރާސާކުރުން.
  • ދިވެހިރާއްޖޭގައި އިމާރަތްކުރުމަށް ގެންގުޅުނު މެޓީރިއަލް އަދި އާލަތްތަކާބެހޭގޮތުން ދިރާސާކުރުން.
  • މިސްކިތްތައް ބިނާކޮށްފައިވާ ތަފާތު ޕްލޭންތަކާއި ޓައިޕޮލޮޖީއާ ބެހޭގޮތުން ދިރާސާކުރުން.
  • ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ އިމާރަތްތަކަށް ބޭރުގެ ނުފޫޒު އައިސްފައިވާ މިންވަރާ ބެހޭގޮތުން ދިރާސާކުރުން.
  • ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ ހިރިގަލު މިސްކިތްތަކުގެ ބާވަތްތަކާ ބެހޭގޮތުން ދިރާސާކުރުން.
  • ދިވެހިރާއްޖޭގައި ބިނާކުރެވިފައިވާ ހިރިގަލު މިސްކިތްތަކާއި ދުނިޔޭގެ އެހެން ހިސާބުތަކުގައި ބިނާކޮށްފައިވާ މި ފަދަ ބިނާތަކާއި އަޅާކިޔުން.
  • ރިސަރޗްއާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
  • ޑިޕާޓްމަންޓުން ތައްޔާރުކުރާ ތާވަލާ އެއްގޮތަށް ދިރާސާތައް ކުރުމާއި، އެ ދިރާސާތައް ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ހުށަހެޅުމާއި ރިޕޯޓު ތައްޔާރުކުރުން.

މަސައްކަތްކުރާ ވަގުތު:

  • އާއްމުކޮށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ މަސައްކަތު ދުވަސް ދުވަހު 8:00 ން 17:00 އަށް (1 ގަޑިއިރުގެ ބްރޭކް ނިހިމަނާ 8 ގަޑިއިރު)
  • މީގެ އިތުރުން ހަފްތާ ބަންދުގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާ ދުވަސް ދުވަހު މަސައްކަތަށް ނިކުންނަން ވާނެއެވެ.
  • މަސައްކަތް ހަވާލުކުރުމަށް ހަމަޖައްސާފައިވަނީ ހަފްތާއެއްގައި މަސައްކަތް ކުރާ ޖުމްލަ ގަޑި 46 ގަޑިއިރަށްވުރެ އިތުރުނުވާގޮތަށެވެ.

މަސައްކަތް ކުރަންޖެހޭ މުއްދަތު

2015 މޭ 15 ން 2016 އެޕްރީލް 30 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓް ކޮޕީއެއް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި [email protected] އަށް މެއިލްކުރުމުން ފޯމު ފޮނުވައިދެވޭނެ).
  • އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓްކުރެވޭލެވަލް ބަޔާންކޮށްދޭ ލިޔުން.
  • ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ އެކަމުގެ ލިޔުން.
  • ވަޒީފާއެއްގައި އުޅެފައިވާ ފަރާތެއްނަމަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް މުއްދަތާއިއެކު (ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް)
  • މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ)
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު ވަޒީފާއަށް އެދޭ ފޯމާއެކު ލިބެން ހުންނާނެ)

އިންޓަރވިއު ކުރުމާއި ޕްރެކްޓިކަލްސް ބޭއްވުން

މި މަޤާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އަދި އެކަމާގުޅޭ މަޢުލޫމާތު، އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މާލޭ ހުކުރު މިސްކިތާއި ބެހޭގޮތުން 10 މިނެޓްގެ ޕްރެޒެންޓޭޝަންއެއް ދިވެހި އަދި އިނގިރޭސި ބަހުން ހުށަހަޅަންވާނެއެވެ.

ސްކްރީން ކުރުން

ވަޒީފާށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަނު ކުރުމުގެ ޝަރުޠުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓްލިސްޓް ކުރުން

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ، އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެދޭ ފޯމު ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު

05 މޭ 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ޑިޕާޓްމަންޓްް އޮފް ހެރިޓޭޖް އަށް (ޤައުމީ ދާރުލްއާސާރު، ޗާންދަނީ މަގު)

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340207 ނުވަތަ 3340212 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

04 ރަޖަބު 1436

23 އޭޕްރިލް 2015