ބީލަން
ނަންބަރު: (IUL)120-D/1/2024/23
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި:
22 އޭޕްރިލް 2024 12:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޭޓަރިން ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
ކޭޓަރިން ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
- 02 މެއި އިން 23 މެއި 2024 އަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "އެސް އެސް ސީ އެގްޒާމްގެ ވޯކްސޮޕް އަދި މާރކިންގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަށް " ކޭޓަރިންގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.ވީމާ މިކަމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަދި ރަޖިސްޓްރީވުން 22 އޭޕްރިލް 2024ވާ ހޯމަ ދުވަހުގެ 11:00 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައި އޮންނާނެއެވެ.
- ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 އޭޕްރިލް 2024ވަނަ ދުވަހުގެ ކުރިން މި އިޢުލާނުގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 25 އޭޕްރިލް 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް
އަސްރަފީވިލާ، 2 ވަނަ ފަންގިފިލާ
ފޯން: 4003966
އީ-މެއިލް: [email protected]
15 އޭޕްރިލް 2024