ދިވެހިރާއްޖެ
އަތޮޅުކައުންސިލްގެ ސްޓޭޓް ގެސްޓްހައުސްގެ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއްހޯދުމާއި ބެހޭ
ސުރުޚީގައި ދެންނެވިފައިވާ އިމާރާތުގެ ފާޚާނާތައް މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 23 އޭޕްރީލް 2024 ވާ ހޯމަދުވަހުގެ 12:00 އަށް މިއިދާރާ އަށެވެ. އަދި ޕުރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 02 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް މި އިދާރާއަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.
ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580564 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
06 ޝައްވާލު 1445