ދިވެހިރާއްޖެ
މިހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިމަޤާމުތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
މަޤާމު |
އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ |
||
ބޭނުންވާ އަދަދު |
09
|
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ރޭންކް: GS3 |
މުސާރަ |
މަހަކު -/4465 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/1500 ރުފިޔާ |
||
ރިސްކް އެލަވަންސް: |
-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް) |
||
ޑިޕާޓްމަންޓް /ސެކްޝަން |
ކަސްޓަމަރ ރިލޭޝަންސް |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
1- ޞިއްހީ ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް އަންނަ މީހުންނަށް (އެމީހާ އައި ބޭނުމަކާ ގުޅޭގޮތުން) މަގުދައްކައިދީ އެހީތެރިވެދިނުން. 2- ކުއްލި ހާލަތްތަކުގައި ގެނެވޭ ބަލިމީހުންގެ މަޢުލޫމާތު ހޯދައި އަންގަންޖެހޭ ފަރާތްތަކަށް އެންގުމުގައި އެހީތެރިވުން. 3- ޕީ.އޭ.ސިސްޓަމް ޗެކްކޮށް ބެލުމާއި، ކިޔޫއިން ސިސްޓަމްގެ ކަންތައްތައް ރަނގަޅުތޯ ބަލައި ޗެކްކޮށް މައްސަލައެއް އޮތްނަމަ އަންގަންވާ ފަރާތްތަކަށް އަންގައި ހައްލުކުރުން. 4- އައި.ޕީ.ޑީ ގައި ޑޮކްޓަރުން ބަލިމީހުން ބައްލަވަމުން ގެންދަވާއިރު ކޮޓަރީގެ ބޭރުގައި ކިޔޫގައި ތިބޭމީހުންނަން އެއްވެސް ކަހަލަ މައްސަލައެއް ދިމާވޭތޯ ބަލަމުންގެންދިއުން. އަދި ޑޮކްޓަރ އިންނަވާ ކޮޓަރީގައި ނެތްނަމަ ވީގޮތެއް ބަލައި، ކިޔޫގައި ތިބޭ މީހުންނަށް މަޢުލޫމާތު ދެމުންގެންދިއުން. 5- ކޮންސޯލް އަދި ކައުންޓަރުތަކުގައި މަސައްކަތްކުރާއިރު އެތަންތަނަން އަންނަކޯލްތަކަށް ޖަވާބުދީ، ޕާސްކުރަންޖެހޭ ކޯލްތައް ޕާސްކުރުން އަދި މަޢުލޫމާތު ސާފުކޮށްދިނުން. 6- ޑިއުޓީގައި ދިމާވާ މައްސަލަތައް ގަވާއިދުން ނޯޓްކޮށް ހައްލުކުރެވޭ ކަންތައް ހައްލުކުރުމަށްފަހު ނުކުރޭ ކަންތައްތައް އެވަގުތެއްގައި ހުންނެވި ވެރިއެއްގެ ލަފާގެ މަތިން ހައްލުކުރަމުން ދިއުން. 7- ހޮސްޕިޓަލަށް އަންނަ ބަލިމީހުންނާ ޚާއްޞަކޮށް، ޢާންމުކޮށް ހޮސްޕިޓަލަށް އަންނަ ހުރިހާ މީހުންނާމެދު ގާތްގުޅުމެއް އުފެއްދުމަށް މަސައްކަތްކުރުމާއި، ހިނިތުންވުމާއި އޯގާތެރިކަމާއެކު ކޮންމެ މީހަކާވެސް ބައްދަލުކުރުން. އަދި އެއްވެސް މީހަކާމެދު ރުޅިވެރިކަމެއް ނުބޭއްވުން. 8- ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހަދައިދިނުމުގައި ފޯނުންނާއި ކިޔޫއަށް ޚިދުމަތް ދިނުމުގައިވެސް ބޭނުންވާ މަޢުލޫމާތު ސާފުކުރުމުގައި އޯގާތެރިކަމާއެކު މުޢާމަލާތުކުރުން. |
||
ތަޢުލީމާއި ތަޖުރިބާ:
|
|
||
މިމަގާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން. 3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. (މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރުމަށް ފަހުގައެވެ.) |
މަޤާމު |
ޓެލަރ |
||
ބޭނުންވާ އަދަދު |
02 |
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 2 |
ރޭންކް: GS2 |
މުސާރަ |
މަހަކު -/4000 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/1500 ރުފިޔާ |
||
ރިސްކް އެލަވަންސް: |
-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް) |
||
ޑިޕާޓްމަންޓް /ސެކްޝަން |
ކަސްޓަމަރ ރިލޭޝަންސް |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
ތަޢުލީމާއި ތަޖުރިބާ:
|
|
މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
(މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރުމަށްފަހުގައެވެ.) |
ހުށަހަޅަންޖެހޭ ލިޔުންތައް |
ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. |
އިނާޔަތްތައް |
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ފޯމު ބަލައިގަތުމާއި ދޫކުރުން
|
ގެޒެޓުގައި އިޢުލާން ޝާއިޢުކުރާ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރުފަހުގެ 14:30އަށް |
ސުންގަޑި |
04 މޭ 2015 ހޯމަ ދުވަހުގެ 14:30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް އަދި 04 މޭ 2015 ހޯމަ ދުވަހުގެ 14:30ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
2015 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234 އެވެ. ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ އިދާރީ ކައުންޓަރުން ލިބެން ހުންނާނެއެވެ. |