ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272/272/2024/49
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 30 އޭޕްރިލް 2024 14:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 – 2025 ވަނަ އަހަރަށް ޕްރީސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

2024 – 2025 ވަނަ އަހަރަށް ޕްރީސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

 

                 2024 – 2025 ވަނަ އަހަރު ނާސަރީ އަދި ބޭބީ ނާސަރީއަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ހުޅުވާލަމެވެ. ބޭބީ ނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވެއްދުމުގެ އުޞޫލު ތިރީގައި އެވަނީއެވެ.

 

ގްރޭޑް

2024 – 2025 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ ބަލާގޮތް

ބޭބީ ނާސަރީ

31 ޑިސެންބަރު 2023 ށް 02 އަހަރު ފުރި 03 އަހަރު ނުފުރޭ ދަރިވަރުން

ނާސަރީ

31 ޑިސެންބަރު 2023 ށް 03 އަހަރު ފުރި 04 އަހަރު ނުފުރޭ ދަރިވަރުން

 

ބޭބީ ނާސަރީއަށް ވަދެވޭ އުމުރަކީ 31 ޑިސެންބަރު 2023 ށް 02 އަހަރު ފުރި 03 އަހަރު ނުފުރޭ ދަރިވަރުންގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، 31 މާރިޗު 2024 ގެ ނިޔަލަށް 02 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީއަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެކުއްޖަކަށް އޮންނާނެއެވެ.

ވީމާ، ބޭބީ ނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވައްދަން އެދޭ ފޯމް ކައުންސިލް އިދާރާއިން ނެންގެވުމަށްފަހު 30 އޭޕްރީލް 2024 ވާ އަންގާރަ ދުވަހު 14:00 ގެކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ.

15 އޭޕްރިލް 2024