ދިވެހިރާއްޖެ
ބ.ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ފަޅުތެރޭގެ ތިން ރަށަށް (ބ.ގޮއިދޫ، ފެހެންދޫ،ފުޅަދޫ) ވޮލީ ކުޅުންތެރިންނަށް އަމާޒުކޮށްގެން 01 ޖޫން 2024 ވާ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ " ބ.ގޮއިދޫ ކައުންސިލް ވޮލީބޯލް ޗެލެންޖް 2024 " އަންހެން/ ފިރިހެން ވޮލީ މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. އެގޮތުން ތިރީގައިވާ ކެޓަގަރީތަކަށް ސްޕޮންސަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 މެއި 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ސްޕޮންސަރ ދިނުމަށް އެދި ހުށަހަޅާ ފޯމް ފުރުއްވުމަށްފަހު [email protected] މެއިލްއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާނާއިއެކު ސްޕޮންސަރ ކުރުމަށް އެދި ހުށަހަޅާ ފޯމް އެއްކަރުދާސްކުރެވިފައިވާނެއެވެ.
ކެޓަގަރީތައް:
1 |
މެއިންސްޕޮންސަރ |
މަދުވެގެން 30،000.00 |
2 |
މުބާރާތުގެ ކޯސްޕޮންސަރ |
މަދުވެގެން 10،000.00 |
3 |
އޮފިޝަލް ޑްރިންކްސްގެ ސްޕޮންސަރ |
މަދުވެގެން 5،000.00 |
4 |
މުބާރާތުގެ އެހެނިހެން ސްޕޮންސަރ |
މަދުވެގެން 1،000.00 |
އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
އީމެއިލް އެޑްރެސް : [email protected]
މިހެންވެ މިކަން ޢާމުކޮށް އަންގާ އިޢުލާން ކުރީމެވެ.