ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)412/412/2015/16
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 07 މޭ 2015 14:30
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު

މަސައްކަތު

ރޭންކް.

އެސް.އެސް 1

ކްލެސިފިކޭޝަން.

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ގިންތި

ދާއިމީ

ސަރވިސް

ސަޕޯޓް ސަރވިސް

އޮފީސް /ސެކްޝަން:

ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ/އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަސައްކަތްކުރަންޖެހޭތަން

މިސްކިތްތަކުގައި

މުސާރަ.

-/3100ރ.

ސަރވިސް އެލަވަންސް.

-/1000ރ.

ބޭނުންވާ އަދަދު.

01

މަޤާމުގެ ޝަރުޠުތައް:

  • ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.

ނުވަތަ

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި (މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި) 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް.

  1. ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓްކުރިން މިސްކިތަށް ހާޒިރުވެ މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅުކުރުން.
  2. ކޮންމެ ނަމާދުވަގުތަކަށް މިސްކިތުގެ އެތެރެ ފޮޅައި ސާފުކުރުން.
  3. މިސްކިތުގައި ހަރުކޮށްފައިވާ ފަންކާތައް ހަފްތާއަކު 1 ފަހަރު ފޮޅައި ސާފުކުރުން.
  4. މިސްކިތުގެ ދޮރާއި ދޮރުފަތްތައް ހަފްތާއަކު 1 ފަހަރު ފޮޅައި ސާފުކުރުން.
  5. ކޮންމެ ނަމާދުވަގުތަކަށް މިސްކިތުގެ ކުޑަދޮރުތައް ހުޅުވުމާއި، ނަމާދުކޮށް ނިމުމުން ކުޑަދޮރުތައް ލެއްޕުން.
  6. ޢިޝާނަމާދުކޮށްގެން މިސްކިތް ލައްޕާއިރު، މިސްކިތުގެ ހުރިހާ ފަންކާތަކާއި، އެއްލައިޓް ފިޔަވައި ހުރިހާ ލައިޓްތައް ނިއްވުން.
  7. މިސްކިތުގައި ޖަހާފައި ހުންނަ ފަންކާ، އަޅުކަން ކުރަން ތިބޭ މީހުންގެ ނިސްބަތަށް ބަލައި ނިއްވުން.
  8. މިސްކިތުގެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  9. މިސްކިތް ފޮޅައި ސާފުކުރުމަށް ބޭނުންވާ ސާމާނާއި، މިސްކިތަށް ބޭނުންވާ އެހެނިހެން ސާމާނު އިމާމު މެދުވެރިކޮށް ކައުންސިލް އިދާރާއިން ހޯދުން.
  10. ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓްކުރިން މިސްކިތަށް ހާޒިރުވުމާއި، ޖަމާޢަތުގައި ނަމާދުކޮށް ނިމިގެން 15 މިނެޓް ވަންދެން މިސްކިތުގައި މަޑުކުރުން.
  11. މިސްކިތާ ގުޅިފައިވާ މަގުތަކާއި ގޯޅިތައް ސާފުކުރުން (މަގުގެ އަނެއްފަރާތުގައި ހުސްބިން އޮތްނަމަ މުޅިމަގު ސާފުކުރަންވާނެއެވެ. ސަރުކާރުގެ ޢިމާރާތެއް ނުވަތަ ގޯއްޗެއް އޮތްތަނަމަ މަގުގެ ދެބައިކުޅައެއްބައި ސާފުކުރަންވާނެއެވެ.)
  12. މަތީގައިވާ ކަންތައްތައް ފިޔަވައި މިސްކިތާ ގުޅުންހުރި ކަންތައްތަކުގައި ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭނެ ކަންތައްތައް.

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރު އަދި ޤާބިލުކަމާއި ސިފަތައް

އިންޓަރވިއު އަދި ޕްރެކްޓކަލްސް އޮންނާނެ ތަނާއި މުއްދަތު

  • މިމަޤާމަށް މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
  • އިންޓަރވިއުއަށް ހާޒިރުވާނީ ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި، ލިޔުންތަކުގެ އަސްލު ހިފައިގެންނެވެ.

މަޤާމާށް އެދެންވީ ގޮތާއި ސުންގަޑި

2015 މޭ 07 ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާއަށް

އުޖޫރައާއި އިނާޔަތްތައް.

  • މަޤާމުގެ މުސާރަ -/3100ރ
  • ސާރވިސް އެލަވަންސް -/1000ރ
  • ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ބަންދު ދުވަހުގެ އެލަވަންސް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކުރާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަށް އެނގޭފަދަ ކޮޕީއެއް.
  5. ވަޒީފާއެއްގައި އުޅޭ ފަރާތެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރާނެކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820019 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީވެސް 6820019 އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ދުވަސްތަކުގައި މިއިދާރާއަށް ވަޑައިގެންނެވުމުން އެމަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

02 ރަޖަބު 1436

21 އޭޕްރިލް 2015