ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2024/47
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 23:47
ސުންގަޑި: 16 އޭޕްރިލް 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެންޕިއަންޝިޕް 2024" ކުރިއަށްދާ މުއްދަތުގައި ފުޓްބޯޅަ ދަނޑު ސަރަޙައްދުން ކެންޓީން ހިންގުމަށް ކުއްޔަށް ދޫކުރުމާގުޅޭ

ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމްކޮށްގެން 2024 އޭޕްރީލް 23 އިން 06 މެއި 2024 ވަނަ ދުވަހަށް ކެނދިކުޅުދޫ ޓާފް ފުޓުބޯޅަދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެންޕިއަންޝިޕް 2024" ކުރިއަށްދާ މުއްދަތުގައި، ދަނޑު ސަރަޙައްދުން ކެންޓީން ހިންގުމަށް ޖާގަ ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ:

އަދަދު

ބާވަތް

ތަން

ތަނުގެ ބޮޑުމިން

މުއްދަތު

އެންމެ ކުޑަ އަގު

4

ކެންޓީން

ދަނޑުގެ 4 ކަނުން

09'×'19

15 ދުވަސް

ދުވާލަކަށް -/500ރ

2

މޭޒު/ގާޑިޔާ

ދަނޑާ ކައިރިން

10'×'10

15 ދުވަސް

ދުވާލަކަށް -/200ރ

 

ކުއްޔަށް ދޫކުރާތަނަށް ބޭނުންވާ ކަރަންޓް ނެގޭނެ އިންތިޒާމް ކައުންސިލުން ހަމަޖައްސައި ދެވޭނެއެވެ. އަދި އިތުރަށް ކަރަންޓް ނެގުމަށް ބޭނުންވާނަމަ އެކްސްޓެންޝަން ބޯޑް ފަދަ ތަކެތި ހޯދުމަކީ ކުއްޔަށްހިފާ ފަރާތުގެ ޒިންމާއެކެވެ. ކެންޓީނުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި އަދި އުފެދޭ ކުނި މެނޭޖް ކުރުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށްވުރެ އިތުރަށް ސިޓީ ހުށަހަޅާފައިވާނަމަ ކުއްޔަށް ދޫކުރެވޭނީ އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށެވެ. އަދި 2 ފަރާތުން އެއް އަގެއް ހުށަހަޅާފައިވާނަމަ ކުއްޔަށް ދޫކުރާނެ ފަރާތެއް ހޮވޭނީ ގުރުއަތުންނެވެ. ކޮންމެ ފަރާތަކަށްވެސް ސިޓީ ހުށަހެޅޭނީ އެއް ސްލޮޓްއަށެވެ. އެއް ސްލޮޓްއަށް ވުރެއިތުރަށް އެއް ފަރާތްތަކުން ސިޓީ ހުށަހަޅައިފިނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ސިޓީއެއް ބާޠިލް ކުރެވޭނެއެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ކައުންޓަރު ނަންބަރު 6560013 އަށް ގުޅުއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލްގެ މުނިސިޕަލް އަދި ޕްރޮޖެކްޓްސް ވައިބަރ ނަންބަރު، 9442745 އަށް ވައިބަރ ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

ބީލަން ނުވަތަ ސިޓީ ކަރުދާހުގެ ހާޑް ކޮޕީ ހުށަހަޅުއްވަންވާނީ ސިޓީއުރައިގާ ބަންދުކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި "ކެންޓީން ހިންގުމަށް" މިހެން ލިޔުއްވާ އިޢުލާނު ނަންބަރު ޖެހުމަށްފަހުގައެވެ. އަދި ބީލަން ނުވަތަ ސިޓީ ކަރުދާސް މެއިލްކުރައްވަން ބޭނުންފުޅުވާނަމަ މެއިލްކުރައްވާނީ [email protected] އަށެވެ. މެއިލް ކުރައްވާއިރު، ސަބްޖެކްޓްގައި "ކެންޓީން ހިންގުމަށް" މިހެން ލިޔުއްވައި އަދި އިޢުލާނު ނަންބަރު ލިޔުއްވަންވާނެއެވެ.

ވީމާ، "ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެންޕިއަންޝިޕް 2024" ކުރިއަށްދާ މުއްދަތުގައި އެސަރަހައްދުގައި ކެންޓީން ހިންގުމަށް، ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ސިޓީ ބަލައިގަތުމާއި ހުޅުވުން އޮންނާނީ 16 އޭޕްރީލް 2024 ވާ އަންގާރަދުވަހުގެ 14:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމް (ކެނދި މާލަމް) ގައެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

05   ޝައްވާލު  1445

14   އޭޕްރީލް   2024  

14 އޭޕްރިލް 2024