ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-DNPS2/471/2024/39
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 15:41
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލާފައިވާ ފުރުޞަތުގެ މުއްދަތު އިތުރުކުރުން.

ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް މި މިނިސްޓްރީން ހުޅުވާލާފައިވާ ފުރުޞަތުގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާތީ މި މުއްދަތު 18 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 23:00 ނިޔަލަށް އިތުރުކޮށްފީމެވެ.

ވީމާ، މި މިނިސްޓްރީން ކުރިންވެސް އިއުލާނުކޮށްފައިވާ ފަދައިން ގުޅީފަޅަށް ބަދަލުވާން ބޭނުންވާ ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން ތިރީގައިވާ ހިޔާވަހި ޕޯޓަލް (ބިންވެރިޔާ ސްކީމް>ރިކުއެސްޓް ކުރެއްވުމަށް) ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމަށް ދަންނަވަމެވެ. މިގޮތުން ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ހުށަހަޅާއިރު ގޯތި ލިބިފައިވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ (ބައިތަކުގެ ތެރޭގައި ހިމެނޭ ބައިވެރިންގެ އިޤްރާރު) އިޤްރާރު ފުރިހަމަކޮށް ހުށަހެޅުމަށް ސަމާލުކަންދިނުމަށް ދަންނަވަމެވެ. މި އިޤްރާރުގެ ނަމޫނާ (ސޮފްޓް ކޮޕީ އަދި ޕީ.ޑީ.އެފް) ފައިލް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

މިފުރުޞަތުގެ ދަށުން ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލް ތިރީގައި އެވަނީއެވެ. އަދި ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭފަރާތްތައް ކަނޑައަޅާނީ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތަކުންކަމާއި މިގުރުއަތު ނެގުން އޮންނާނެ ތާރީޚެއް މި މިނިސްޓްރީން އާންމުކޮށް އިއުލާނުކުރާނެ ކަމުގައި ދަންނަވަމެވެ.

  • 1250  އަކަފޫޓުގެ 193  ގޯތި
  • 1650  އަކަފޫޓުގެ 663 ގޯތި
  • 2050  އަކަފޫޓުގެ 487 ގޯތި
  • 2450  އަކަފޫޓުގެ 4 ގޯތި

 ހިޔާވަހި ޕޯޓަލް ލިންކް:

https://hiyaavehi.housing.gov.mv/

14 އޭޕްރިލް 2024