އިއުލާން
ވަޒީފާގެ ފުރުސަތު:
|
ސީނިއަރ ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ
|
މަޤާމް
|
ސީނިއަރ އޮފިސަރ
|
ކްލެސިފިކޭޝަން
|
މަހަކު 8500 އާއި 9500 ރުފިޔާއާއި ދެމެދު (ހާސިލްކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
މުސާރަ
|
- ލިވިންގް އެލަވަންސް: މަހަކު 4000 ރުފިޔާ
- އެޓެންޑަންސް އެލަވަންސް: މަހަކު 3000 ރުފިޔާ
|
އެހެނިހެން އިނާޔަތްތައް
|
1 (އެކެއް)
|
ބޭނުންވާ އަދަދު
|
ބިޒްނަސް ޑިވެލޮޕްމަންޓް، ސޭލްސް އެންޑް މާކެޓިންގ
|
ބޭނުންވާ ސެކްޝަން
|
މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން، މާލެ
|
މަސައްކަތްކުރަންޖެހޭ ތަނާއި ރަށް
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމާ ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން، އަދި މަޤާމާ ގުޅުންހުރި ދާއިރާއަކުން ކޯޕަރޭޓް މާހައުލެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާލިބިފައި ވުން. ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމާ ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، އަދި މަޤާމާ ގުޅުންހުރި ދާއިރާއަކުން ކޯޕަރޭޓް މާހައުލެއްގައި 5 އަހަރުދުވަހުގެ ތަޖުރިބާލިބިފައި ވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމާ ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން، އަދި މަޤާމާ ގުޅުންހުރި ދާއިރާއަކުން ކޯޕަރޭޓް މާހައުލެއްގައި 1 އަހަރުދުވަހުގެ ތަޖުރިބާލިބިފައި ވުން. ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމާ ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، އަދި މަޤާމާ ގުޅުންހުރި ދާއިރާއަކުން ކޯޕަރޭޓް މާހައުލެއްގައި 3 އަހަރުދުވަހުގެ ތަޖުރިބާލިބިފައި ވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމާ ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމާ ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، އަދި މަޤާމާ ގުޅުންހުރި ދާއިރާއަކުން ކޯޕަރޭޓް މާހައުލެއްގައި 1 އަހަރުދުވަހުގެ ތަޖުރިބާލިބިފައި ވުން.
|
މަޤާމުގެ ޝަރުތުތައް
|
- ކޯޕަރޭޝަންގެ ޕާޓްނަރުންނާއި އެހެން މުހިންމު ފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތުތައް ކުރުން
- ކޯޕަރޭޝަނުން އެކި ތަންތަނުގައި ހިންގާ މުހިންމު ހަރަކާތްތަކުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ސޯޝަލް މީޑިއާގައި ފެތުރުމާއި، ސޯޝަލް މީޑިޔާ އަޕްޑޭޓްކޮށް ބެލެހެއްޓުން
- ކުންފުނީގެ އެކިއެކި ބޭނުންތަކަށް ރިޕޯޓްތައް ތައްޔާރު ކުރުމާއި ރިޕޯޓްތަކަށް ބޭނުންވާ އިންފޮ ގްރެފިކްސް ތައްޔާރު ކުރުން
- ޕްރޮޕޯސަލްތަކާއި ދިރާސާތައް ތައްޔާރު ކުރުން.
- ކޯޕަރޭޝާންގެ ޖަލްސާތަކާއި، އިވެންޓްތައް ކަވަރުކުރުން.
- މި ކޯޕަރޭޝަންގެ އެކިއެކި ކަންކަމަށް ބޭނުންވާ ލިޔެކިޔުން، ޚިތާބު އަދި އެހެނިހެން ޑޮކިއުމަންޓްތަކާއި ޕްރެޒެންޓޭޝަންތައް އިނގިރޭސި ބަހާއި ދިވެހި ބަހުން ތައްޔާރުކުރުން.
- މި ކޯޕަރޭޝަން އާއި ގުޅުން ހުރި ބައިނަލްއަޤްވާމީ މުއައްސަސާތަކަށް ކޯޕަރޭޝަންގެ މަސައްކަތްތަށް ހިއްސާކޮށް އަޕްޑޭޓް ކޮށް ދިނުން.
- ކޯޕަރޭޝަންގެ ތަސައްވަރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
- ކޯޕަރޭޝަންގެ ކޮމިއުނިކޭޝަން ސްޓްރެޓަޖީއެއް ތައްޔާރުކޮށް، ހިންގާ ބެލެހެއްޓުން.
- ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
- ކޯޕަރޭޝަންގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- މީގެ އިތުރުން ޚާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް އަދި މެޖޭނިންގ ޑިރެކްޓަރ ހަވާލުކުރާ މަސައްކަތްތައް ކުރުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާއި ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު އިނާޔަތްތައް ލިބޭނެއެވެ.
|
އިތުރު އިނާޔަތްތައް
|
މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުތު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު 18 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހު ކުންފުނީގައި އޮންނާނެއެވެ.
|
އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން
|
- ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
- މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
- ފަންނީ ޤާބިލްކަން ހުރި މިންވަރު
|
މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް
|
- ވަޒީފާއަށް އެދޭ ފޯމު (މި އިޢުލާންއާއިއެކުވާ ލިންކުން ޑައުންލޯޑްކުރެވޭނެ)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.(އެޓެސްޓް ކުރެވި އެކްރެޑިޓް ކުރެވިފައި)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
17 އޭޕްރީލް 2024 ވާ ބުދަ ދުވަހު 1200 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަނޑުގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.
|
ސުންގަޑި
|
މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00ން ހަވީރު 3:00އަށް) ގުޅުއްވާނީ3336725 ނަންބަރު ފޯނަށް.
|
އިތުރު މަޢުލޫމާތު
|
05 ޝައްވާލް 1445
14 އޭޕްރީލް 2024
|