މަސައްކަތް
ނަންބަރު: (IUL)GS-120/GS-120/2024/14
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި:
05 މޭ 2024 13:45
ރަސްމާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލްގެ ބައު ހޯލް ތަޅާލުމާއި ބިން ސާފުކުރުމުގެ މަސައްކަތް
މި ސްކޫލްގެ ބައު ހޯލް ތަޅާލާ ބިން ސާފުކޮށް ދެއްވާނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވައިލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 15 އޭޕްރީލް 2024 އިން 18 އޭޕްރީލް 2024 ގެ 13:00 ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރުމަށް ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.
1- މައުލޫމާތު ސާފުކުރާ ފަރާތުގެ ނަން:
2- ރަޖިސްޓްރީ ނަމްބަރ:
3- އީމެއިލް އެޑްރެސް:
4- ގުޅޭނެ މޯބައިލް ނަމްބަރ:
ނުވަތަ ގޫގްލްފޯމް ލިންކް މެދުވެރިކޮށް ރަޖިސްޓްރީވެލައްވާ https://shorturl.at/kwFIY
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 އޭޕްރީލް 2024 އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 24 އޭޕްރީލް 2024 ވާ ބުދަ ދުވަހުގެ 10:45 ގައި ރަސްމާދޫ ސްކޫލްގެ އެސް. އެމްއެމް. ޓީ ރޫމްގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 05 މޭ 2024 ވާ އާދިއްތަ ދުވަހުގެ 13:45 ގައި ރަސްމާދޫ ސްކޫލްގެ އެސް. އެމްއެމް. ޓީ ރޫމްގައެވެ.
- މިމަސައްކަތާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- · ރަސްމާދޫ ސްކޫލް، ރ.ރަސްމާދޫ
- ފޯން: 6580330
- އީ-މެއިލް: [email protected]
14 އޭޕްރިލް 2024