ޢާންމު މަޢުލޫމާތު
ނަންބަރު: GS-176/IUL-B/2024/01
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި:
25 އޭޕްރިލް 2024 13:30
ބުރުނީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1 އަހަރު ދުވަހަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް
1 އަހަރު ދުވަހަށް ސެކިއުރިޓީ ބެލެހެއްޓުމާގުޅޭ
ތ.ބުރުނީ ސްކޫލްގެ ސެކިއުރިޓީ 1 އަހަރު ދުވަހަށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލްގެ ނަންބަރު GS-176/IUL-B/2023/02 (05 ޖޫން 2023) އިޢުލާންއަށް ބިޑް ކުރެވުނު ފަރާތުން ބިޑް ބާތިލް ކޮށްފައި ވާތީ، ހަވާލާ ދެވިފައިވާ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން މިމަސައްކަތް ކުރުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މިމަސައްކަތާއި ގުޅޭ އެންމެހައި މައުލޫމާތު ބީލަން ފޮތުގައި ބަޔާން ކޮށްފައިވާނެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 14 އޭޕްރިލް ން 17 އޭޕްރިލް 2024 ގެ 14:00 ގެ ނިޔަލަށް ބުރުނީ ސްކޫލްގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރައްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 އޭޕްރިލް 2024ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 6 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ނުވަތަ ސިޓީއަކުން މިސްކޫލަށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 25 އޭޕްރިލް 2024 ވަނަ ދުވަހުގެ 13:30 ގައިބުރުނީ ސްކޫލްގެ މީޓިންގ ހޯލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބުރުނީ ސްކޫލް
ތ.ބުރުނި، ދިވެހިރާއްޖެ
ފޯން: 6780551
އީ-މެއިލް: [email protected]
14 އޭޕްރީލް 2024
14 އޭޕްރިލް 2024