ދިވެހިރާއްޖެ
މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތ.ހިރިލަންދޫ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކުރުމުގެ މަސައްކަތް 1 އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 އެޕްރީލް 2024 ވާ އާދިއްތަ ދުވަހުން ފެށިގެން 21 އެޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ރަޖިސްޓްރީކުރައްވައި، ބީލަން ކަރުދާސް ބައްލަވައިގަތުން އެދެމެވެ. ބީލަން ކަރުދާހުގެ އަގަކީ -/50ރ އެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމު މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވެ، ބީލަން ކަރުދާސް ބައްލަވައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމާ ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ އާއި ބިޑްހުށަހެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައިވާ ތާވަލުގައި އެވަނީއެވެ.
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
ޕްރީ-ބިޑް މީޓިންގ |
ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ |
21 އެޕްރީލް 2024 |
އާދިއްތަ |
13:00 |
ބިޑް ހުށަހެޅުން |
ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ |
22 އެޕްރީލް 2024 |
ހޯމަ |
11:00 |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.