ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-13-AC/GS-13/2024/15
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި: 18 އޭޕްރިލް 2024 14:00
ޏ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސީނިއަރ ސްކޫލް ހެލްތް އެންޑް ސޭފްޓީ އޮފިސަރ

 

 

ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

    ފުވައްމުލައް

                 ނަންބަރު:(IUL)GS-13-AC/GS-13/2024/15

މި ސްކޫލުން ސީނިއަރ ސްކޫލް ހެލްތް އެންޑް ސޭފްޓީ އޮފިސަރ މަޤާމަށް ކުރި ނަންބަރ: (IUL)GS-13-AC/GS-13/2024/12 އިޢުލާނުގައި މަޤާމުގެ ނަން ރަގަޅަށް ލިޔެވިފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން މިމަޤާމަށް އިޢުލާންކުރަމެވެ.

އިޢުލާނު

މަޤާމު:

ސީނިއަރ ސްކޫލް ހެލްތް އެންޑް ސޭފްޓީ އޮފިސަރ

މަޤާމުގެ ނަންބަރު:

J-398419

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7 (ސްޓެޕް 1)

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

މުސާރަ:

-/10،888 ރުފިޔާ

މަޤާމްގެ އެލަވަންސް:

-/5081 ރުފިޔާ

ހާޒިރީ އެލަވަންސް:

-/138 ރުފިޔާ (ހާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

-          ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-          ސްކޫލްތަކަކީ ހެލްތް ޕްރޮމޯޓިންގ ސްކޫލްތަކަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

-          ދަރިވަރުންގެ ޞިއްޙީ، ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ހިންގަންޖެހޭ ޕްރޮގުރާމްތައް ކުރިއަށް ގެންދިއުން.

-          ސްކޫލަކީ ދަރިވަރުންނަށް ސިއްޙީ އަދި ޖިސްމާނީ ގޮތުން ރައްކާތެރި ދުޅަހެޔޮ މާހައުލެއް ގާއިމުވެފައިވާ ތަނަކަށް ހެދުމަށް މަސައްކަތްކުރުމާއި ސްކޫލާއި ސްކޫލް ކޮމިއުނިޓީ ޑެންގޫ ހުމާއި މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ރައްކާތެރިކުރުމަށް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން.

-          ސްކޫލްތަކުގައި ދިމާވާ ޞިއްޙީ އިމަޖެންސީތަކުގައި ޢަމަލުކުރަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ކަމާގުޅޭ ޞިއްޙީ މުއައްސަސާތަކުން ކަނޑައަޅާ ސިޔާސަތުތަކާއި އުސޫލުތައް ސްކޫލްގައި ތަންފީޒުކުރުން.

-          ސްކޫލުން ދަރިވަރުންނާއި މުވައްޒަފުންނަށް ލިބެންހުންނަ ބޯފެނަކީ ރައްކާތެރި ބޯފެންތޯ ކަށަވަރުކުރުމާއި ސްކޫލްގެ ވޮޝް ޕްރޮގްރާމްގައި ހައިޖީން އެޑިއުކޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުން.

-          ދުޅަހެޔޮ ޞިއްޙަތެއްގައި ދަރިވަރުން ބޭތިއްބުމަށް ހިންގަންޖެހޭ ފިޒިކަލް ފިޓްނަސް އެވެއަރނެސް އަދި ޓްރޭނިންގ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ސިޔާސަތާ އެއްގޮތަށް، ސްކޫލުގެ ޕްރިންސިޕަލްގެ މަޝްވަރާއާއެކު ތަންފީޒުކުރުން.

-          ސްކޫލުން ލިބެން ހުންނަ ކާނާއި ބުއިންތަކަކީ ސިއްޙީ ގޮތުން ރަނގަޅު ރައްކާތެރި ކާނާކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ކަނޑއަޅާ ތާރީޚަކަށް، ކަނޑައަޅާ ގްރޭޑްތަކެއްގެ ހެލްތް ސްކްރީނިންގ، ސްކޫލުގެ ވެރިން ހަމަޖައްސަވާ އުސޫލެއްގެ މަތިން ކަމާގުޅޭ ފަރާތްތަކާ (ހޮސްޕިޓަލް / ސިއްޙީ މަރުކަޒު) ގުޅިގެން ނިންމުން.

-          ސްކޫލުން ރާވައިގެން ހިންގާ ތަޖުރިބާ ދަތުރުތަކާއި މުބާރާތްތަކުގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތާއި ފަސްޓްއެއިޑުގެ ޚިދުމަތް (ފުރަތަމަ އެހީ) ދެވޭނެ އިންތިޒާމު ހަމަޖައްސައި މިކަން ކުރުން.

-          ދަރިވަރުންގެ ހެލްތް ސްކްރީނިންގ ރާވައި ހިންގުމާއި ސްކޫލްތަކުގައި ދަރިވަރުންގެ ތެރޭގައި ތިބި ދިގު މުއްދަތަށް ބޭސް ބޭނުންކުރާ ދަރިވަރުން ފާހަގަކޮށް އެދަރިވަރުން މޮނިޓަރކޮށް ބެލެހެއްޓުން.

-          މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ދަރިވަރުންގެ ޞިއްޙީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ހަދާފައިވާ ޕޮލިސީތަކާއި ސްކޫލުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމަށް ހަދާފައިވާ ޕޮލިސީތަކަށް ރިޢާޔަތްކޮށް ސްކޫލުން ހަދާފައިވާ މިފަދަ ޕޮލިސީތައް، ސްކޫލްގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ސްކޫލްގައި ތަންފީޒުކުރުން.

-          ކޮންމެ އަހަރަކު ސްކޫލުގައި ހިންގާ ސްކޫލް ހެލްތް އެންޑް ސޭފްޓީގެ ހަރާކާތްތަކާއި ޕްރޮގްރާމްތަކުގެ ތާވަލް ތައްޔާރުކުރުމާއި އަހަރު ނިމުމުން ހަރާކާތްތަކާއި ޕްރޮގްރާމްތަކުގެ ރިޕޯޓު ތައްޔާރުކުރުމާއި އެ ރިޕޯޓު ސްކޫލުން ކަނޑައަޅާ ގޮތެއްގެމަތިން ކަމާގުޅުން ހުރި ފަރާތްތަކާ ހިއްސާކުރުން.

-          ސްކޫލްގެ ހެލްތް ރޫމްގެ ވަސީލަތްތަކާއި ފަސްޓްއެއިޑް ވަސީލަތްތަކުގެ އިންވެންޓްރީއެއް ތައްޔާރުކޮށް ބެލެހެއްޓުމާއި ހެލްތު ރޫމުން ދޭ ޚިދުމަތްތައް ފަސްޓްއެއިޑްގެ ޚިދުމަތާއި ބޭސް އަޅައިދިނުމުގެ ޚިދުމަތް އެއްވެސް ދަރިވަރެއް ތަފާތުކުރުމެއްނެތި ދިނުން.

-          ނޭޝަނަލް ވެކްސިނޭޝަން ޝެޑިއުލްގައި ހިމަނާފައިވާ މަޖުބޫރު ވެކްސިން ހުރިހާ ދަރިވަރުން ފުރިހަމަކޮށްފައިވޭތޯ ކަށަވަރުކުރުމާއި، ވެކްސިން ފުރިހަމަނުވާ ދަރިވަރުންނަށް ވެކްސިން/ބޫސްޓަރ ޖެހޭނެ އިންތިޒާމް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްކޫލް ހެލްތް އެންޑް ސޭފްޓީ ސެކްޝަނާ މަޝްވާރާކޮށްގެން ހަމަޖެއްސުން.

-          ސްކޫލްގެ ހުރިހާ މުވައްޒަފުންނަށް ފަސްޓްއެއިޑް ޓްރޭނިންގ ދިނުމާއި ސްކޫލްގެ އިވެކުއޭޝަން ޑްރިލްގައި ފަސްޓްއެއިޑް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

-          ލައިސަންސް އެއް ބޭނުންވޭތޯ:

ނޫން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

-          ހެލްތް ސަރވިސް

ޕްރިފާޑް ޑިސިޕްލިންގ:

-          ނެތް

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-          ކޮމިއުނިޓީ ހެލްތު  

-          އެންވަޔަރަމަންޓް ހެލްތު  

-          އެންވަޔަރަންމަންޓަލް ސައިންސް ވިތް ހަޒަރޑްސް އެންޑް ޑިޒާސްޓަރސް  

-          ހެލްތް އެންޑް ސޭފްޓީ  

-          ހެލްތް އެންޑް ސޭފްޓީ އެޓް ވަރކް  

-          ހެލްތް އެޑިޔުކޭޝަން  

-          ހެލްތް އެޑިޔުކޭޝަން އެންޑް ބިހޭވިއަރ  

-          ހެލްތް އެޑިޔުކޭޝަން އެންޑް ހެލްތް ޕްރޮމޯޝަން  

-          ހެލްތު ޕްރޮމޯޝަން  

-          ހެލްތް ރިސަރޗް  

-          ހެލްތް-ސޭފްޓީ އެންޑް އެންވަޔަރަންމަންޓް  

-          އިންޑަސްޓްރިއަލް ހައިޖީން  

-          އޮކިއުޕޭޝަނަލް ސޭފްޓީ-ހެލްތް އެންޑް އެންވަޔަރަންމަންޓް  

-          އޮކިއުޕޭޝަނަލް ހެލްތް  

-          އޮކިއުޕޭޝަނަލް ހެލްތް އެންޑް ރިސްކް މެނޭޖްމަންޓް  

-          އޮކިއުޕޭޝަނަލް ހެލްތް އެންްޑް ސޭފްޓީ ލީޑަރޝިޕް  

-          އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ މެނޭޖްމަންޓް  

-          އޮކިއުޕޭޝަނަލް ހައިޖީން  

-          އޮކިއުޕޭޝަނަލް ރިސްކް ޕްރިވެންޝަން  

-          އޮކިއުޕޭޝަނަލް ރިސްކްސް  

-          އޮކިއުޕޭޝަނަލް ސޭފްޓީ މެނޭޖްމަންޓް  

-          އޮކިއުޕޭޝަނަލް ސޭފްޓީ-ހެލްތް އެންޑް ވެލްބިއިން  

-          އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް  

-          އެޑިޔުކޭޝަނަލް އެންޑް އޮކިއުޕޭޝަނަލް ހެލްތް ސައިކޮލޮޖީ  

-          ފިޒިކަލް އެންޑް ހެލްތް އެޑިޔުކޭޝަން  

-          ޕްރިވެންޝަން އޮފް އޮކިއުޕޭޝަނަލް ހަޒާޑްސް  

-          ޕްރައިމަރީ ހެލްތް ކެއަރ  

-          ޕަބްލިކް ހެލްތު  

-          ޕަބްލިކް ހެލްތް ނަރސިންގ  

-          ސޭފްޓީ ސައިންސް  

-          ސްކޫލް ހެލްތް އެޑިޔުކޭޝަން  

-          ޓެކްނޮލޮޖީ-ވަރކް އެންޑް ހެލްތް  

-          ވަރކް ހެލްތް އެންޑް ސޭފްޓީ އެޑްވާންސްޑް  

-          ވަރކް ޕްލޭސް ހެލްތް މެނޭޖްމަންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް  

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި ގުޅޭ ލިޔެކިޔުންތައް 18 އޭޕްރީލް 2024 ގެ 14:00 ގެ ކުރިން، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އީ-މެއިލް ([email protected]) މެދުވެރިކޮށް ފޮނުއްވައި ދެއްވުން އެދެމެވެ. 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 23 އޭޕްރީލް 2024 އާއި 30 އޭޕްރީލް 2024 އާ ދެމެދު، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7925002 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

05 ޝައްވާލް 1445

14 އޭޕްރީލް 2024

 

 

 

 

14 އޭޕްރިލް 2024