މަސައްކަތް
ނަންބަރު: GS-090-HH/2015/23
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:21
ސުންގަޑި: 30 އޭޕްރިލް 2015 10:00
ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ދެބުރި އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ ދެބުރި އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް 30 މާރިޗު 2015 ވަނަ ދުވަހު ކުރެވުނު GS-090-H/2015/16 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އެފުރުޞަތު އަލުން ހުޅުވާލަމެވެ.

ދެބުރި ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ނިންމުން

މި ސްކޫލުގެ ޢިމާރާތް ކުރަން ފަށާފައިވާ 6 ކްލާސްރޫމް ޢިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް، މި ސްކޫލުން ދޭ ކުރެހުންތަކާއި ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ގަޑިތަކުގައި މި ސުކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގެ ލައިބުރަރީގައެވެ.

މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ސޮފްޓްކޮޕީގެ ގޮތުގައި ބިޑް ޑޮކިއުމެންޓްތައް ފޯރުކޮށްދެވޭނެއެވެ. އެހެންކަމުން ބައްދަލުވުމަށް ވަޑައިގަންނަވާއިރު ސޮފްޓްކޮޕީ އެޅޭނެފަދަ ވަސީލަތެއް (ޕެންޑްރައިވް ނުވަތަ ހާޑްޑިސްކެއް ފަދަ އެއްޗެއް) ގެންނެވުމަށް ހަނދުމަކޮށް އަރުވަމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

2015 އެޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ 10:00

2015 މޭ 7 ވާ ބުރާސްފަތި ދުވަހުގެ 10:00

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ މި ސުކޫލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުމުން އެފަރާތުން ލިބޭ މަޝްވަރާގެ މަތިންނެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

4 ރަޖަބު 1436

23 އޭޕްރިލް 2015