ދިވެހިރާއްޖެ
އީސެޓް އެންޓިވައިރަސް ރިނިޔުކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި
މިކޯޓްގެ ނަންބަރު (IUL95-PM/1/2015/07) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، މިއިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަށް އީސެޓް އެންޓިވައިރަސް ރިނިޔުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަން ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 05 މޭ 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) މިކޯޓުގެ މީޓިންގރޫމް 01 އަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް މިކޯޓުގެ ވެބްސައިޓް http://www.highcourt.gov.mv/dhi/mediamanager/12_bid_info.pdf އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
04 ރަޖަބު 1436