މަސައްކަތް
ނަންބަރު: (IUL)138-ES1/1/2015/121
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 07 މޭ 2015 14:30
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޓްރާންސްލޭޓަރެއް ހޯދުމަށް

ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "މާލެ-ހުޅުލެ ބްރިޖް ޕްރޮޖެކްޓް" ގެ ސާރވޭ މަސައްކަތްތައް ކުރިއަށްދާއިރު، ސާރވޭ ޓީމާއެކު ކުރިއަށް ގެންދެވޭ އެކިއެކި މަޝްވަރާތަކުގައި މި މިނިސްޓްރީގެ ފަރާތުން ބައިވެރިވާނެ ޓްރާންސްލޭޓަރެއް ހޯދުމަށް ބޭނުންވެއެވެ. މިމަޤާމުގެ މަސައްކަތްތަކާއި، މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) ތިރީގައިވާ އެޑްރެހުން ލިބެން ހުންނާނެއެވެ.

ވީމާ، މިމަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 07 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިމިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004166     ފެކްސް:3004301

އީ-މެއިލް: [email protected]

04 ރަޖަބު 1436

23 އޭޕްރިލް 2015