މަސައްކަތް
ނަންބަރު: (IUL)448/1/2015/51
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 03 މޭ 2015 11:30
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
މީޓިންގރޫމެއް ހަދައިދޭނެ ފަރާތެއް ހޯދަން

މިއޮފީހުގައި އެލްމިނިއަމް ފްރޭމަށް ބިއްލޫރި ލައްވައިގެން ޕާރޓިޝަން ޖަހައިގެން މީޓިންގރޫމެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 3 މޭ 2015 (އާދީއްތަ) ދުވަހުގެ 11:30 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ/ ވެލާނާގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 7 މޭ 2015 (ބުރާސްފަތި) ދުވަހުގެ 11:30 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3323776 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

04 ރަޖަބު 1436

23 އޭޕްރިލް 2015