ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 179-3.3/1/2024/13
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 23 އޭޕްރިލް 2024 23:59
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ/ސީ.އީ.އޯ ބިޔުރޯ

 ވަޒީފާގެ ފުރުސަތު

 ތާރީޚް

 29 ރަމަޟާން 1445

 08  އޭޕްރިލް 2024

 ނަންބަރު

 179-3.3/1/2024/13(IUL)

 މަޤާމް:

 އެސިސްޓެންޓް މެނޭޖަރ

 ވަޒީފާގެ ބާވަތް

 ދާއިމީ

 މަސައްކަތް   ކުރަންޖެހޭ ތަން

 ސީ.އީ.އޯ ބިޔުރޯ / ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

 މުސާރަ އާއި   އެލަވަންސް

 -/10,000 -/16,000 ރުފިޔާ

 ޑެއިލީ   އެލަވަންސް

 އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ

 ކެޕިޓަލް   މާރކެޓް   އެލަވަންސް

 އަސާސީ މުސާރައިގެ %15 (ފަނަރަ އިންސައްތަ )

 އިތުރުގަޑީގެ    ފައިސާ

 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ބޭނުންވާ އަދަދު

 01 (އެކެއް)

 މަޤާމުގެ

 ޝަރުތު

  • އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ، ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން

 ނުވަތަ:

  • އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ، ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ރާއްޖޭގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 6 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 މައިގަނޑު       މަސައްކަތާއި

 ޒިންމާތައް

  • ސީ.އީ.އޯ ބިއުރޯ ގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން
  • ބޯޑުގެ ކޮމިޓީތަކާއި ސީނިއަރ އެގްޒކެޓިވް ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން
  • މީގެ އިތުރުން މާކެޓް ރެގިއުލޭޝަން އަދި މާކެޓް ތަރައްޤީކުރުމުގެ މަސައްކަތް
  • އޮތޯރިޓީގެ އެހެނިހެން ޑިޕާޓްމަންޓްތަކާ ގުޅިގެން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައްކުރުން
  • ޤާނޫނީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

 ޕޮއިންޓް ދޭނެ     މިންގަނޑުތައް

  • ތަޢުލީމާ ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ %20)
  • ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ %20)
  • އެސެސްމަންޓް (ކަނޑައެޅިފައިވާ އިންސައްތަ  %15)
  • އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ %45)

 އެޕްލިކޭޝަން     ސުންގަޑި

  23  އޭޕްރީލް  2024 ގެ 23:59 ގެކުރިން

 ހުށަހަޅަންޖެހޭ     ލިޔުންތައް:

 

  • އެޕްލިކޭޝަން ފޯމު
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • މިހާތަނަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް

 އިތުރު މަޢުލޫމާތު

  • މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • މި މަގާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއަށް އަދި އިންޓަވިއުއިން ލިބޭ މާކްސްއަށެވެ.
  • މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 އެޕްލިކޭޝަން   ހުށަހެޅުން

 ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އަށް އީމެއިލް   ކުރެއްވުން  އެދެމެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3336619 އަށެވެ.

 ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި   ހުށަހަޅުއްވާ       ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް   ވަޒީފާއަށް  ހަމަޖެއްސުމުގެ   އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

08 އޭޕްރިލް 2024