މަސައްކަތް
ނަންބަރު: 153-CMS/2015/04
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި: 13 މޭ 2015 14:00
ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް

މަރާމާތު

މިސެންޓަރުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތަށް މަޢުލޫމާތު ސާފުކުރައްވައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

1- ދިޔަދޮވިތައް މަރާމާތު ކުރުމާއި އައު ދިޔަދޮވި ލުން.

2- އޮފީސް ޢިމާރާތާއި ލައިބްރަރީގައި ބޯޑަރުމުށި ޖެހުން.

3- ފާޚާނާތަކުގެ މަރާމާތު.

4- ވާރކްޝޮޕުގެ ތެރެއަށް ފެން ލީކްވާތަން ބެއްދުމާއި ޗާޓްރޫމުގައި ޑޯކްލޯޒަރ ހަރުކުރުން.

5- އޮފީސް ޢިމާރާތާއި ސަރވައިވަލް ސެންޓަރުގައި ކުލަލުން.

6- ސަރވައިވަލް ސެންޓަރުގެ ފެންސް މަރާމާތު ކުރުން.

7- ސަރވައިވަލް ސެންޓަރުގައި 100 ފޫޓުގެ މަގެއް ހަދައި ގާ ޖެހުން.

8- ކޮންޓެއިނަރުގެ މަތިގަނޑު ކަނޑައި ނެގުމާއި މަތިއެޅުން، އަދި ތަކެތި އުފުލާ ގާޑިޔަލުގެ ފުރޮޅު ހަރުކުރުން.

9- މެއިން ބިލްޑިންގގެ ޓެރަސް މައްޗަށް އެރުމަށް ސިޑިއެއް ހެދުން.

10- ލައިފްބޯޓު ބަހައްޓާފައިވާ ޑެވިޓް (ބުޑުތައް) މަރާމާތު ކުރުން.

11- ސަރވައިވަލް ސެންޓަރުގައި ހިޔާކޮށްފައިވާ ތަނުގެ ފުރާޅުގެ ޓްރަސްތައް ދަބަރު ތަޅައި ދަވާދުލުން.

މަތީގައި ބަޔާން ކުރެވިފައިވާ 11 އައިޓަމަށް ކޮންމެ މަސައްކަތަކަށް ވަކި އަންދާސީހިސާބެއް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބުތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ، ވިލިނގިލީގައި (ކ.ވިލިނގިލީގައި) ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒަށެވެ.

ތަފުސީލު

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

13 މޭ 2015

14:00

އަންދާސީހިސާބު ހުށަހެޅުއްވުން

18 މޭ 2015

14:00

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3390681 ނުވަތަ 3390983 ނަންބަރާ ގުޅުއްވުން އެދެމެވެ.

2 ރަޖަބު 1436

23 އޭޕްރިލް 2015