ދިވެހިރާއްޖެ
ނަންބަރ: A/IUL/344/2024/38
އިޢުލާން
18 އަހަރުންދަށުގެ ކުދިންނަށް ހުތުބާކިޔުމާއި ބަންގިގޮވަން ދަސްކޮށްދޭ ޕްރޮގްރާމާއި ގުޅޭ
18 އަހަރުންދަށުގެ ކުދިންނަށް ޚާއްޞަކޮށްގެން ހުތުބާ ކިޔުމާއި ބަންގިގޮވަން ދަސްކޮށްދޭ ޕްރޮގޮރާމެއް މިކައުންސިލުން މިރަށުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މިޕްރޮގްރާމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ އއ. ފެރިދޫގައި ރަޖިސްޓްރީވެފައިވާ ކުދިންނާއި އަދި އއ. އަތޮޅުމަދަރުސާގައި ތަޢުލީމު ހާޞިލްކުރަމުންދާ ކުދިން، މިކައުންސިލުގެ ރަސްމީ ވައިބަރ ނަމްބަރ 9931313 އަށް، 'ހުތުބާކިޔުމާއި ބަންގިގޮވަން ދަސްކޮށްދޭ ޕްރޮގޮރާމްގައި ބައިވެރިވުން އެދި' މިހެން ޖެއްސެވުމަށްފަހު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 18 އެޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޮނުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.