ޢާންމު މަޢުލޫމާތު
ނަންބަރު: A/IUL/344/2024/37
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 23:26
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރު އއ. ފެރިދޫ ޕްރީސްކޫލަށް ކުދިން ވެއްދުމާއި ގުޅޭ

ނަންބަރ: A/IUL/344/2024/37

އިޢުލާން

 2024 ވަނަ އަހަރު އއ. ފެރިދޫ ޕްރީސްކޫލަށް ކުދިން ވެއްދުމާއި ގުޅޭ

2024 ވަނަ އަހަރުގެ ދިރާސީ އަހަރަށް އއ. ފެރިދޫ ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.  

ވީމާ، 2024 ވަނަ ދިރާސީ އަހަރު ޕްރީސްކޫލަށް ކުދިން ވައްދަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް ފުރުއްވުމަށް ފަހު، މި ކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް ރަސްމީގަޑީގައި މި އިދާރާއިން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާއި އެއްކަރުދާސް ކުރެވި  ޑައުންލޯޑް ކުރެވެންހުންނާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ބޭބީނާރސަރީ އަދި ނާރސަރީއަށް ވައްދާނީ 2023 ޑިސެމްބަރ 31 އަށް އަށް ތިރީގައިވާ ތާވަލުގައިވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ.

ގްރޭޑް

2024 ވަނަ އަހަރަށް ގްރޭޑަށް ވަދެވޭ އުމުރުފުރާ

ބޭބީނާަރސަރީ

2023 ޑިސެމްބަރ 31 އަށް 2 އަހަރުފުރި 3 އަހަރު ނުފުރުން

ނާރސަރީ

2023 ޑިސެމްބަރ 31 އަށް 3 އަހަރުފުރި 4 އަހަރު ނުފުރުން

 

ނޯޓް:

  • ދިރާސީ އަހަރު ފެށޭ ފަހުން 2 އަހަރުވެފައިވާ ދަރިވަރުން، ހިނގަމުންދާ ދިރާސީ އަހަރެއްގެތެރޭގައި ބޭބީނާރސަރީ އަކަށް ނުވައްދާނެއެވެ.
  • ބޭބީނާރސަރީއަށް ދަރިވަރަކަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެމްބަރ 31 އަށް އުމުރުން 2 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 2 އަހަރުފުރޭ ކުދިންނަށް ބޭބީނާރސަރީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެދަރިވަރަކަށް ދެވިދާނެއެވެ.  

 

ފޯމާއި އެކު ހުށައަޅުއްވަން ޖެހޭ ލިޔުންތައް:

  • ކުއްޖާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ
  • ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީ
  • ބެލެނިވެރިޔާ ގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ
  • ޚާއްޞައެހީތެރިކަމަށް ބޭނުންވާ ކުއްޖެއްނަމަ، އެކަމުގެ މަޢުލޫމާތު ބަޔާންކޮށް ބެލެނިވެރިޔާގެ ސިޓީ

                     ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 އޭޕްރިލް 2024