ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-DNPS2/471/2024/37
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 18:08
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމާއި ގުޅޭ

ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަޙައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިކަމަށްވާތީ މި ޚިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅަށެވެ.

މިގޮތުން ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

  • 1250  އަކަފޫޓުގެ 193 ގޯތި
  • 1650  އަކަފޫޓުގެ 663 ގޯތި
  • 2050  އަކަފޫޓުގެ 487 ގޯތި
  • 2450  އަކަފޫޓުގެ 4  ގޯތި

ވީމާ، ގިރާވަރުފަޅުން ދެންނެވިފައިވާ ސައިޒުގެ ގޯތި ލިބިފައިވާ ފަރާތްތަކުން 7 އޭޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން 14 އޭޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ 23:00 ގެ ނިޔަލަށް ތިރީގައިވާ ހިޔާވަހި ޕޯޓަލް (ބިންވެރިޔާ ސްކީމް>ރިކުއެސްޓް ކުރެއްވުމަށް) ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި ދެންނެވިފައިވާ އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުންކަމާއި، މި ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް މި މިނިސްޓްރީން އާންމުކޮށް އިޢުލާނެކުރާނެކަމާއި، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން މި މިނިސްޓްރީގެ ވެބްސައިޓްގައާއި ހިޔާވަހި ޕޯޓަލްގައި އާންމުކޮށްފައިވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅުމަށް ދަންނަވަމެވެ.

 ހިޔާވަހި ޕޯޓަލް ލިންކް:

https://hiyaavehi.housing.gov.mv/

 

06 އޭޕްރިލް 2024