މަސައްކަތް
ނަންބަރު: (IUL)MHCL-P/1/2024/27
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 00:57
ސުންގަޑި: 14 އޭޕްރިލް 2024 11:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އައު އިމާރާތުގެ ގްރައުންޑް ފްލޯރގެ އިންޓީރިއާ މަސައްކަތްކޮށްދޭނެފަރާތެއް ހޯދުމަށް

މި ކުންފުންނީގެ އައު އިމާރާތުގެ ގްރައުންޑް ފްލޯރގެ އިންޓީރިއާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް 30 މާރިޗު 2024 ގައި ކުރެވުނު އިއުލާން (ނަންބަރު: (IUL)MHCL-P/1/2024/26) ބާތިލްކޮށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން:

 

https://forms.office.com/r/3P6N7JHC7n

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް، 07 އޭޕްރިލް 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 

އަންދާސީހިސާބުބަލައިގަތުމާހުޅުވުން:

 

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 14 އޭޕްރިލް ވާ އާދިއްތަ ދުވަހުގެ އެގާރަ ގަޑި ސުންމިނެޓު (11:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

މި ޢިއުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި ޢިއުލާންއާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

މަޢުލޫމާތު ސާފުކުރުން:

މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 11 އޭޕްރިލް 2024 ވާ ބުރާސްފަތި ދުވަހުގެ ތޭރަ ގަޑި ސުންމިނެޓު (13:00) ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

މިސުވާލުތަކަށް 13 އޭޕްރިލް 2024 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ކުރިން ޖަވާބު އެރުވޭނެއެވެ. އީމެއިލްގެ ޒަރީއާއިން ނޫން އެހެން އެއްވެސް ގޮތަކަށް މި މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްނުދެވޭނެވާހަކަ ދަންނަވަމެވެ.

05 އޭޕްރިލް 2024