ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)247-CA/247/2024/42
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި: 06 އޭޕްރިލް 2024 14:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޗް.އާރް.އެފް މެންސް ވޮލީލީގު 2024 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ

                         އިޢުލާން

ހޯރަފުށީ ކައުންސިލުން އިޢުލާން ކޮށްފައިވާ އެޗް.އާރް.އެފް މެންސް ވޮލީލީގް 2024 ގައި މިހާރު ބައިވެރިވެފައިވާ ޓީމުތަކުގެ އިތުރުން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2024 އޭޕްރިލް 06 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ބައިވެރިވުން އެދެމެވެ. މި މުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ނުލިބޭނެ ވާހަކަ ދަންނަވާލަމެވެ.

މުބާރާތުގައި ރަޖިސްޓްރީވުމުގެ ލިންކް: https://rb.gy/5mofuw

                    ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

                    25 ރަމަޟާން   1445

04 އޭޕްރިލް 2024