ޢާންމު މަޢުލޫމާތު
ނަންބަރު: A-381/IUL/2024/30
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 09 އޭޕްރިލް 2024 00:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުން ގޭބީސީތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކާޑުގެ ބަވަތް ބެހުމާގުޅޭ

އިޢުލާން

 

1445ވަނަ އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ކުޑަހުވަދޫގެ ކޮންމެ ގޭބިސީއަކަށް ބެހުމަށް ސަރުކާރުން ފޮނުވާފައިވާ 10 ކިލޯ ބަސްތާ ހަނޑޫ އަދި 10 ކިލޯ ބަސްތާ ފުށް ރައްޔަތުންނަށް ބެހުމާ ގުޅޭ

             ރޯދަ ހަދިޔާގެ ގޮތުގައި ކުޑަހުވަދޫގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ބެހުމަށް ފޮނުވާފައިވާ 10 ކިލޯ ބަސްތާ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ބަސްތާ ގޮދަންފުށް ގޭބިސީތަކަށް ދޫކުރުމުގެ މަސައްކަތް 14 މާރިޗް 2024 ން ފެށިގެން ކުރިއަށް ގެންގޮސްފައިވީނަމަވެސް، ބައެއް ގޭބިސީތަކުން ގެންގޮސްފައިނުވާތީ، މިހާތަނަށް ކާޑު ނުގެންދަވާ ގޭބިސީތަކުން ކާޑު ގެންދިއުމަށް އިލްތިމާސް ކުރަމެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ކާޑުގެ ބާވަތްތަކަކީ ގިނަދުވަހު ގުދަންކޮށްފައި ބެހެއްޓޭނެ ތަކެއްޗަށް ނުވާތީ، 09 އޭޕްރީލް 2024 ވަނަ ދުވަހުގެ ނިޔަލަށް ކާޑު ބެހުމުގެ މަސައްކަތް ކުރުމަށްފަހު ގޭބިސީތަކުން ނުގެންގޮސް ބާކީވާ ކާޑުގެ ބާވަތްތައް ކުޑަހުވަދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން މި ތަކެއްޗަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 13.00 ން 15.00 ށް، މިއިދާރާއަށް ދުރުވެ ނަން ނޯޓު ކުރެއްވުމަށް ފަހުގައެވެ.

 

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

25 ރަމަޟާން   1445

04 އޭޕްރިލް 2024