ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ސްޕޯޓްސް އެވޯޑަށް ނަން ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެހެންކަމުން މި އެވޯޑަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު 09 އޭޕްރިލް 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފީހަށް ހުށައެޅުމަށް ދަންނަވަމެވެ.
އެވޯޑަށް ނަން ހުށަހެޅޭނެ ދާއިރާތައް:
- ސްޕޯޓްސްމަން / ސްޕޯޓްސްމުވަން އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
- ޕެރާ ސްޕޯޓްސްމަން / ޕެރާ ސްޕޯޓްސްވުމަން އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
- ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑް.
- މީޑިއާ އޮފް ދަ އިޔަރ އެވޯޑް (އޮންލައިން / ބްރޯޑްކާސްޓިންގ)
- ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް.
- ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
- ކޯޗް އޮފް ދަ އިޔަރ އެވޯޑް ( އަންހެން / ފިރިހެން)
- ޔަންގް ސްޕޯޓްސްމަން / ޔަންގް ސްޕޯޓްސްވުމަން އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
- ސްޕޯޓްސް ވިޒުއަލް އާޓިސްޓް އޮފް ދަ އިޔަރ އެވޯޑް.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި މިއެސޯސިއޭޝަންގެ ފޯނު ނަންބަރު 3314057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.