ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: RS/IUL/2015/37
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 29 އޭޕްރިލް 2015 11:30
ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ލައިބްރަރީއަށް ބޭނުންވާ ފޮތް ހޯދުމާބެހޭ

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ލައިބްރަރީއަށް ބޭނުންވާ ފޮތް ގަންނަން ހޯދުނު ނަންބަރު: RS/IUL/2015/8ފ(24 މާރިޗު 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް މި ސްކޫލުގެ ލައިބްރަރީއަށް ބޭނުންވާ ފޮތް ގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 11:30 ގައި މަޢުލޫމާތު ސާފު ކުރެއްވުމަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެންނެވުމަށް ދެންނެވީމެވެ. އަދި 06 މޭ 2015 ވާ ބުދަ ދުވަހުގެ 11:30އަށް އަންދާސީހިސާބު މި ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3359901 ނަންބަރު ފޯނާއެވެ.

03 ރަޖަބު 1436

22 އޭޕްރިލް 2015