މަސައްކަތް
ނަންބަރު: 116-FB2/IL/2024/74
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 09 އޭޕްރިލް 2024 10:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދޮވެމި ފިހާރައިގެ އުމްރާނީ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ދޮވެމި ފިހާރައިގެ އުމްރާނީ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

  މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި ހުރި މި ކުންފުނީގެ ދޮވެމި ފިހާރަ އަލުން ހުޅުވުމަށްޓަކައި ކުރަންޖޭހޭ އެންމެހާ އުމުރާނީ މަސައްކަތްތައް މި ކުންފުނިން ދޭ މިންގަނޑުތަކާއި/ކުރެހުމާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ކުރީގެ ބިއްލޫރި ޕެނަލް ނައްޓާލައި އައު ބިއްލޫރި ޕެނަލް ހަރުކުރުން، "އޮޓަމެޓިކް ސްލައިޑިންގް" ދޮރު ހަރުކުރުން،”ފްލޯ މައުންޓެޑް ރެއިލް ގާރޑް" ހަރުކުރުން، "ފީޗަރ ވޯލް އަދި ސްލެޓް ވޯލް" ހަރުކުރުން، ޕާޓިޝަންޖެހުން، ކުލަލުން، ސީލިންކުރުން، ފްލޯރިން، ކްލެޑިންގެ މަސައްކަތް، ބަލްކްހެޑް ނަންބޯޑުތައް ހެދުމާއި ހަރުކުރުންފަދަ އެންމެހާ މަސައްކަތްތައް ހިމެނެއެވެ.

  މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އެޕްރީލް 9 ވާ އަންގާރަދުވަހުގެ ހެދުނު 10:30 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިންމިބީލަމަށްޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ރަޖިސްޓްރީގެ މުއްދަތު ހަމަވުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.

  މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ'ގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންވާނެއެވެ.

  ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ "ސައިޓް ވިޒިޓް" އެއްވެސް މި ކުންފުނީގައި (ވީ.އައި.އޭ)ގައި އޮންނާނެއެވެ. 

  "ޓެންޑަރ ޕޯޓަލް" ތެރެއިންބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2024 އެޕްރީލް 21 ވާ އާދިއްތަދުވަހުގެ ހެދުނު 10:30 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހެޅި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 އެޕްރީލް 21 ވާ އާދިއްތަދުވަހުގެ ހެދުނު 10:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

   ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

02 އޭޕްރިލް 2024