ނޫސްބަޔާން
ނަންބަރު: (PR)485-PMD/485/2024/2
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 15:10
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ މާރިޗު މަހުގެ ގޭބިސީތަކުގެ ކަރަންޓާއި ފެން ބިލުން އާންމު މަހަކަށްވުރެ އިތުރުވާ އަދަދު "ރަމަޟާން ޑިސްކައުންޓް" ގެ ގޮތުގައި ދިނުން

ރަމަޟާން މަހުގެ ޑޮމެސްޓިކް ކަރަންޓް ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރައްވަންޖެހޭތީ، އެ ކަމަށް ރައްޔިތުންނަށް ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި، އާންމު މަހެއްގައި ހުންނަވަރަށް ރަމަޟާން މަހުގެ ކަރަންޓާއި ފެންބިލު ހުންނާނެގޮތަށް ކަންކަން ހަމަޖައްސަވައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، 2024 ވަނަ އަހަރުގެ މާރިޗު މަހުގެ ކަރަންޓާއި ފެން ބިލުން އާންމު މަހަކަށްވުރެ އިތުރުވާ އަދަދަށް "ރަމަޟާން ޑިސްކައުންޓް"  ދިނުމަށް ވަނީ ހަމަޖެހިފައެވެ. އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖް މިންވަރު ބަލާފައިވާނީ ފާއިތުވި 2023 އަހަރުގެ ރަމަޟާން މަސް ފަދަ ޑިމާންޑް މަތި މަސްތައް އުނިކުރުމަށް ފަހުގައެވެ.

މިގޮތުން ޑޮމެސްޓިކް ކަސްޓަމަރަށް ބިލްކުރައްވާއިރު މި އަހަރުގެ މާރިޗް މަހުގެ ބިލަށް އަރާ އަދަދާއި ރަމަޟާން މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވަރެޖު އަދަދު ބިލުން ފެންނަގޮތަށް ހިމަނުއްވަން ވާނީ ހުރިހާ އާންމު ޚިދުމަތްތައް ފޯރިކޮށްދޭ ކުންފުނިތަކަށް މިއޮތޯރިޓީން އަންގާފައެވެ.

22 ރަމަޟާން 1445

01 އޭޕްރިލް 2024