މަޤާމު:
|
ޕްރޮގްރާމް ސްޕެޝަލިސްޓް (ސީ.ޕީ.ޑީ)
|
ބޭނުންވާ ޢަދަދު:
|
1
|
މުއްދަތު:
|
1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
|
ދިވެހިރާއްޖޭގެ ބާ ކައުންސިލް
|
ވަޒީފާގެ ދާއިރާ
|
ޕްރެކްޓިޝަނަރސް އެފެއާޒް – ސީ.ޕީ.ޑީ
|
މުސާރައާއި އިނާޔަތް:
(ބޭސިކް ޓޭކް-ހޯމް ޕޭ)
|
-/30,000 ރުފިޔާ
|
މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:
|
ސްޕެޝަލިސްޓް އެލަވަންސް:
- ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، އަސާސީ މުސާރައިގެ (2,313/- ރ.)
- ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، އަސާސީ މުސާރައިގެ %20 (3,084/- ރ.)
- ޤާނޫނީ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 15 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، އަސާސީ މުސާރައިގެ %35 5,397/-) ރ.)
- މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
|
އަސާސީ ޝަރުޠުތައް:
|
- ދިވެހިރައްޔިތެއް ކަމުގައިވުން؛
- ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން (މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ސަނަދެއް އޮތުމަކީ އެޑަޑް އެޑްވާންޓޭޖްއަކަށްވާނެއެވެ.)؛
- މެނޭޖްމަންޓް، ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން 5 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛
- މި މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް:
|
- ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މި މެންޑޭޓު ތަންފީޒުކުރުމަށް ބޭނުންވާ ސްޓްރެޓެޖީތަކާއި އެނުއަލް ވަރކްޕްލޭން އެކުލަވާލައި ތަންފީޒުކުރުން؛
- ބާ ކައުންސިލުގެ މެމްބަރުންނަށް ބޭނުންވާ ސީ.ޕީ.ޑީ ޕްރޮގްރާމްތައް ޑިވެލޮޕްކޮށް ތަންފީޒުކުރުން؛
- ސީ.ޕީ.ޑީ ޕްރޮގްރާމްތަކުގެ ކޮންޓެންޓްގެ ރިލެވަންސް އާއި ކޮލިޓީ ކަށަވަރު ކުރުމަށް ސަބްޖެކްޓް މެޓާ އެކްސްޕާޓުންނާ ގުޅިގެން މަސައްކަތް ކުރުން؛
- ދާއިރާއަށް އަންނަ ބަދަލުތަކާއި ކުރިއެރުންތައް ދެނެގަނެ، ސީ.ޕީ.ޑީ ޕްރޮގްރާމްތައް ޑިވެލޮޕްކުރުމަށް ބޭނުންވާ އެންމެހާ މަޢުލޫމާތު ހޯދައި ބެލެހެއްޓުން؛
- ސީ.ޕީ.ޑީ ޕްރޮގްރާމްތަކުގެ ހަރުދަނާކަން ދެނެގަތުމަށް އިވެލުއޭޝަން އެންޑް މޮނިޓަރިންގ މެޓްރިކްސް ޤާއިމުކުރުން؛
- ޕްރޮގްރާމުގެ ނަތީޖާއާއި ބައިވެރިންގެ ހިތްހަމަޖެހުމާއި ރަނގަޅުކުރަންޖެހޭ ކަންކަމާ ބެހޭ ރިޕޯޓުތައް ގަވާއިދުން އެކުލަވައިލައި ބެލެހެއްޓުން؛
- ބާ ކައުންސިލުގެ މެމްބަރުންގެ ސްކިލްސް ގެޕް ދެނެގަތުމާއި، ޑިވެލޮޕްމަންޓް އޭރިއާތައް ދެނެގަތުމަށް ރެގިއުލަރ ނީޑްސް އެސެސްމަންޓްތައް ހެދުމާއި، ފީޑްބެކް މެކޭނިޒަމްތަކާއި ސަރވޭތައް ބޭނުންކޮށްގެން ވަކީލުންގެ އިންޕުޓް ހޯދުން؛
- ބޭރުގެ ތަމްރީނުދޭ ފަރާތްތަކާއި، އިންޑަސްޓްރީގެ މާހިރުންނާއި، ތަޢުލީމީ މަރުކަޒުތަކާ ގުޅުން ބަދަހިކޮށް ދެމެހެއްޓުން؛
- ސީ.ޕީ.ޑީ ބަޖެޓް އެކުލަވާލުމާއި، ސީ.ޕީ.ޑީ އިނީޝިއޭޓިވްތަކަށް އެހީތެރިވުމަށް ފަންޑިންގ ފުރުޞަތުތައް ނުވަތަ ޕާޓްނަރޝިޕް ހޯދުން؛
- ސީ.ޕީ.ޑީ ޕްރޮގްރާމްތަކުގެ ވިޒިބިލިޓީ އިތުރުކުރުމަށް ޕްރޮފެޝަނަލުންނާއި ޖަމިއްޔާތަކުގެ ނެޓްވޯކެއް ބިނާކުރުން؛
- ސީ.ޕީ.ޑީ ޕްރޮގްރާމްތަކުގެ ޑެލިވަރީ އާއި އެކްސެސިބިލިޓީ އިތުރުކުރުމަށް ޓެކްނޮލޮޖީ ސޮލިއުޝަންތައް އެކްސްޕްލޯކޮށް ތަންފީޒުކުރުން؛
- ސީ.ޕީ.ޑީ އާ ގުޅުންހުރި އިވެންޓްތަކާއި ކޮންފަރެންސްތަކާއި ފޯރަމްތަކުގައި ބާ ކައުންސިލް ތަމްސީލުކުރުން؛
- މަތީގައިވާ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހާ ޕްރޮސީޖަރުތައް އެކުލަވައިލުމާއި މުވައްޒަފުން ޕްރޮސީޖަރަށް ޢަމަލުކުރާކަން ކަށަވަރުކުރުން؛ އަދި
- ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
|
- ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު.
- މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާއަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއެކު ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް).
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ.
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން.
- މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މައުލޫމާތު ހޯދުމަށް،އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕްވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.)
- ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
- މިމަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތް ކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތް ކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕާރފޯމެންސް އެޕްރެއިޒަލް) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.
- މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސްކްރީންކުރުމުގެ މަރުޙަލާ (ޓެސްޓު/ އިންޓަވިޔު/ ޕްރެޒެންޓޭޝަން)އަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން ޓެސްޓެއް ހަދަންޖެހޭނަމަ ނުވަތަ ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، އެކަމާ ގުޅޭ މަޢުލޫމާތު ޝޯޓްލިސްޓްވާ ފަރާތްތަކަށް އީ-މެއިލް މެދުވެރިކޮށް އަންގާނެއެވެ.
- ސްކްރީން ކުރުމުގެ މަރުޙަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މިމަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުޙަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުޙަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުޞަތު ގެއްލޭނެއެވެ.
- މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ.
|
ސުންގަޑި:
|
15 އެޕްރީލް 2024 ވާ ހޯމަ ދުވަހުގެ ކުރިން
|
މަޤާމަށް އެދެންވީ ގޮތް:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށެވެ.
[email protected]
އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.
|