ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
ސީނިއަރ ސަރވިސް ސުޕަވައިޒަރ
|
ވަޒީފާގެ ދާއިރާ:
|
ޓްރާންސްޕޯރޓް، ލޮޖިސްޓިކްސް އެންޑް ކޮންސްޓްރަކްޝަން ޑިޕާރޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
01
|
މުސާރަ:
|
-/9,025ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މީގެ އިތުރުން AC ރެޕެއަރ އެންޑް މެއިންޓަނަސް ކޯސްތައް ފުރިހަމަކޮށްފައިވާ ހުރިހާ ވައްތަރެއްގެ AC އަށް ދިމާވާ މައްސަލަ ހައްލުކުރަން އިނގޭ VRV,VRF ސެންޓްރަލް އެއާކޯން ސިސްޓަމް ބަލަހައްޓައި މިފަދަ އެއާކޯންތަކަށް ދިމާވާ މައްސަލަތަށް ހައްލުކުރަން އިނގޭ ފަރާތްތަކަށް އިސްކަން ދެވޭނެ
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ކުންފުނީގެ އިމާރާތްތަކުގައި ބެހެއްޓިފައިވާ އެއަރކޯންތައް ކަނޑައެޅިފައިވާ ތަރުތީބުން ސަރވިސްކުރުން
- އަތޮޅުތަކުގެ އިންޖީނުގެތަކުން މަރާމާތުކުރުމަށާއި ސަރވިސްކުރުމަށް ހެޑް އޮފީހަށް ފޮނުވާ އެއަރކޯންތަށް ސަރވިސްކޮށް އެއިންޖީނުގެއަކަށް ވީއެންމެ އަވަހަކަށް ފޮނުވުން
- ގްރޭޓަރ މާލެ އޭރިޔާގެ އިންޖީނުގެތަކުގެ އެއަރކޯންތަކަށް ދިމާވާ މައްސަލަ ހައްލުކުރުމަށްޓަކައި އެއިންޖީނުގެއަކަށް ގޮސް މައްސަލަ ހައްލުކުރުން
- މަސައްކަތްކުރުމަށް ގެންގުޅޭ ޓޫލްސް އަދި އާލާތްތަށް އެގޭނޭގޮތަށް ޓޫލްސް ރަޖިސްޓަރ ހަދައި، އަޕްޑޭޓްކޮށް ބެލެހެއްޓުން
- ކުންފުނީގެ އެކިއެކި ޑިޕާރޓްމަންޓްތަކުގައާއި އިންޖީނުގެތަކުގައި ބެހެއްޓިފައިވާ އެއަރކޯންތަކުގެ ރަޖިސްޓަރ ހަދައި، އެއަރކޯންތަށް ސަރވިސްކުރެވޭ ތާރީހުތައް އެގޭނޭގޮތަށް ރޮކޯރޑްބެލެހެއްޓުން
- އެއަރކޯންތަކަށް ބޭނުންކުރުމަށް ގަނެފައިވާ ސްޕެއަރތަކުގެ ރަޖިސްޓްރީއެއް އެކުލަވާލައި ރޮކޯރޑްބެލެހެއްޓުން
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
16 އެޕްރީލް 2024 ވަނަ ދުވަހުގެ 00:15 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 16 އެޕްރީލް 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިންގެ ކުރިން ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
18 ރަމަޟާން 1445
28 މާރިޗު 2024
|