ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)179-3.3/1/2024/12
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 23 އޭޕްރިލް 2024 23:59
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާރކެޓް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް/ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

 ވަޒީފާގެ ފުރުސަތު

 ތާރީޚް

 18 ރަމަޟާން 1445

 28 މާރިޗް 2024

 ނަންބަރު

 IUL)179-3.3/1/2024/12)

 މަޤާމް:

 ޑެޕއުޓީ މެނޭޖަރ

 ވަޒީފާގެ ބާވަތް

 ދާއިމީ 

 މަސައްކަތް   ކުރަންޖެހޭ  ތަން

 މާރކެޓް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް/ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

 މުސާރަ އާއި   އެލަވަންސް

 -/ 19,000 -/17,500ރުފިޔާ

 ޑެއިލީ އެލަވަންސް

 އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ

 ކެޕިޓަލް މާރކެޓް   އެލަވަންސް

 އަސާސީ މުސާރައިގެ %15 (ފަނަރަ އިންސައްތަ )

 އިތުރުގަޑީގެ ފައިސާ

 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ބޭނުންވާ އަދަދު

 01 (އެކެއް)

 މަޤާމުގެ ޝަރުތު

 އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ، ނުވަތަ ގުޅުންހުރި   ދާއިރާއަކުން   މާސްޓާރސް ޑިގްރީ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް   9  އަށް ފެތޭ   ސަނަދެއް ހާސިލުކޮށްފައިވުން

  ނުވަތަ:

 އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ، ނުވަތަ ގުޅުންހުރި   ދާއިރާއަކުން   ބެޗެލާރސް ޑިގްރީ  ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް   7 ނުވަތަ 8އަށް   ފެތޭ  ސަނަދެއް ހާސިލުކޮށްފައިވުމާއެކު ރާއްޖޭގައި ނުވަތަ ރާއްޖެއިން   ބޭރުގައި މިބާވަތުގެ   މަސައްކަތްކުރާ ތަނެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް   ތަޖުރިބާ ލިބިފައިވުން.

 މައިގަނޑު މަސައްކަތާއި

 ޒިންމާތައް

  • މާކެޓް ޑިވެލޮޕްމަންޓާއި ރެގިއުލޭޓަރީ މަސައްކަތްތަކާގުޅޭ ރިސަރޗް މަސައްކަތް ކުރުން
  • ޑިރެކްޓަރުންގެ ބޯޑާއި ސްޓޭކް ހޯލްޑަރުންނަށް ހުށަހެޅުމަށް ތައްޔާރުކުރާ މާކެޓް ޑިވެލޮޕްމަންޓާ ގުޅޭ ކޮންސެޕްޓްތައް ތައްޔާރުކުރުމުގައި އެހީތެރިވުން
  • ސްޓްރެޓީޖިކް ޕްލޭން އިމްޕްލިމެންޓްކުރުމަށް ކުރެވޭ މަސައްކަތާގުޅޭ ރިޕޯޓް ހެދުން
  • ސްޓްރެޓީޖިކް ޕްލޭންއާއި އެއާ ގުޅިގެން ހަދާ ބަޖެޓް ހެދުމުގައި އެހީތެރިވުން
  • ކެޕިޓަލް މާކެޓް ގެ ޙަރަކާތްތައް އިތުރުކުރުމުގެ ގޮތުން  މާކެޓްގައި ސެކިއުރިޓީސް ގަނެ ވިއްކުމުގެ ޑިމާންޑް އިތުރުކުރުމަށް އެހީވެދޭނެ ޕްރޮގްރާމްތައް ތައްޔާރުކުރުން
  •  ސެކިއުރިޓީސް މާކެޓް ޕްރޮމޯޓްކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވުން
  •  ޕަބްލިކާއި ސްޓޭކް ހޯލްޑަރުންނާއި ސީއެމްޑީއޭ އާއެކު އޮންނަ ގުޅުން ވަރުގަދަ   ކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވުން
  •  މާކެޓް ގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގައި   އެހީތެރިވުން
  •  ކެޕިޓަލް މާރކެޓާގުޅޭ ތަފާސް ހިސާބުތައް ޢާއްމުންނަށް އެއްތަނަކުން   ލިބޭނެގޮތް  މަގުފަހިކޮށްދީ، ސެންޓްރަލައިޒް ކުރުމަށްޓަކައި ސިސްޓަމްއެއް   ޤާއިމުކޮށް ބެލެހެއްޓުން.
  • މާކެޓް ރެގިއުލޭޝަންއާގުޅޭ މަސައްކަތްތަކުގައި އެހީތެރިވުން
  • މާކެޓާ ގުޅޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި އެހީތެރިވެދިނުން

 ޕޮއިންޓް ދޭނެ މިންގަނޑުތައް

  •  ތަޢުލީމާ ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ 20%)
  •  ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ 20%)
  •  އެސެސްމަންޓް  (ކަނޑައެޅިފައިވާ އިންސައްތަ 15%)
  •  އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ 45%)

 އެޕްލިކޭޝަން ސުންގަޑި

       23  އޭޕްރީލް  2024 ގެ 23:59 ގެކުރިން

 ހުށަހަޅަންޖެހޭ ލިޔުންތައް:

 

  •  އެޕްލިކޭޝަން ފޯމު    
  •  ކަރިކިއުލަމް ވިޓާ (ސީވީ)
  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ
  •  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  •  މިހާތަނަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން
  •   ޕޮލިސް ރިޕޯޓް

އިތުރު މަޢުލޫމާތު

  • މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  •  މި މަގާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއަށް އަދި އިންޓަވިއުއިން ލިބޭ މާކްސްއަށެވެ.
  •  މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 އެޕްލިކޭޝަން   ހުށަހެޅުން

 ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އަށް އީމެއިލް ކުރެއްވުން   އެދެމެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3336619 އަށެވެ.

 ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ   ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ވަޒީފާއަށް   ހަމަޖެއްސުމުގެ   އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

28 މާރިޗު 2024