ދިވެހިރާއްޖެ
އިޢުލާން
1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއްގައި މި ކައުންސިލުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 21 ރަމަޟާން 1445 ވާ އާދިއްތަ ދުވަހުން ފެށިގެން 25 ރަމަޟާން 1445 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެދުވަހެއްގެ ހެނދުނު 10:00 ން 12:00އަށެވެ.
ފިޠުރު ޒަކާތް އޮންލައިންކޮށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމްބަރ:(IUL)496-A2/496/2024/1002 އިޢުލާނުގައިވާ އިދާރާ/މުއައްސަސާތައް މެދުވެރިކޮށް ފައިސާ ދެއްކެވުން އެދެމެވެ.ފިޠުރު ޒަކާތާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500012 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ރަމަޟާން 1445