ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-CAA/416/2024/34
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި:
08 އެޕްރީލް 2024 17:30
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ބެލުން
1445 ވަނަ އަހަރުގެ ޝައްވާލު މަހަށް ހަނދުބެލުން މި ހިނގާ ރަމަޟާން މަހުގެ 29 (08 އެޕްރީލް 2024) ވާ ހޯމަ ދުވަހުގެ ހަވީރު 5:30 ން ފެށިގެން އޮންނާނެއެވެ.
ވީމާ، ވީހާވެސް ގިނަ ރައްޔިތުން މިކަމަށް ސަމާލުކަން ދެއްވުމަށާއި، ހަނދު ފެނިއްޖެނަމަ ހަނދު ފެނުނު މީހާގެ ނަމާއި، އެޑްރެހާއި، ހަނދު ހުރި އުސްމިނާއި، މިސްރާބު ފަދަ މަޢުލޫމާތުތައް ދިނުމަށްޓަކައި ހަނދު ފެނުނު މީހާ ވަގުތުން މަޑަވެލީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުވެ މަޢުލޫމާތު ދެއްވުމަށް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
28 މާރިޗު 2024