ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
ސްޓެލްކޯއަށް ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމަންޓް ސިސްޓަމެއް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުން
މިކުންފުންޏަށް ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމަންޓް ސިސްޓަމެއް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H-2015/82 އިޢުލާނާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީއާއި، މިމަސައްކަތަކީ ފުރިހަމަ މަޢުލޫމާތު ނުލިބި އަންދާސީހިސާބު ހުށަނޭޅޭނެ މަސައްކަތަކަށްވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 29 ވާ (ބުދަ) ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ. މިމަސައްކަތާގުޅޭ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދެވިދާނެއެވެ. އަދި ތިރީގައި ދެންނެވިފައިވާ ލިންކް މެދުވެރިކޮށް ޑައުންލޯޑް ކުރެއްވެން ހުންނާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވެބްސައިޓް ލިންކް: http://stelco.com.mv/downloads/crms_docs.zip
މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލްތަކުގެ ތެރެއިން ޓެކްނިކަލް ގޮތުން އެޕްރޫވްކުރެވޭ ބިޑްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:
މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލްތަކުގެ އިވެލުއޭޓް ކުރެވޭނީ 2 ސްޓޭޖަކަށް ބަހާލެވިގެންނެވެ.
ސްޓޭޖް 1
އަގަށް: 60 ޕޮއިންޓް
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 60x
މުއްދަތު: 10 ޕޮއިންޓް
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 10x
ޕްރޮޖެކްޓް ޓީމް / އޮޕް ދަ ޝެލްފް ސޮފްޓްވެއަރ : 25 ޕޮއިންޓް
ޓީމް މެމްބަރުންގެ ތަޢުލީމީ ފެންވަރަށް ބަލާފައި/ ސޮފްޓްވެއަރ ގެ ފީޗަރސްތަކަށް ބަލާފައި (އާރު.އެފް.ޕީ ގައި ބަޔާންކޮށްފައިވާ)
ކުންފުނީގެ ތަޖުރިބާ: 05 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
ސްޓޭޖް 2
މި ސްޓޭޖްގައި ބައިވެރިވެވޭނީ އިވެލުއޭޝަން ސްޓޭޖް 1 އިން އެންމެ މަތީ ޕޮއިންޓް ހޯދާ ތިން ފަރާތަށެވެ. އަދި މިސްޓޭޖްގައި ބިޑް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
- އޮފް ދަ ޝެލްފް ސޮފްޓްވެއަރއެއް ނަމަ އާރ.އެފް.ޕީ ގައި ބަޔާންކޮށްފައިވާ ފަންކްޝަނަލް އަދި ނޮން ފަންކްޝަނަލް ރިކުއަރމެންޓްތަކަށް ބެލުމަށްފަހުގައެވެ.
- ސޮފްޓްވެއަރއެއް ޑިވެލޮޕް ކުރާނަމަ ޓީމް މެމްބަރުންނާއި އިންޓަރވިއު ކުރުމަށްފަހު ޓީމްގެ ފެންވަރަށް ބަލާފައެވެ. މިގޮތުން އިންޓަރވިއު ކުރުމުގައި ބެލޭނީ:
- ސިސްޓަމް އެނަލިސްޓް
- ސިސްޓަމް ޔޫ.އައި އަދި ގްރަފިކް ޑިޒައިނަރ
- ޕްރޮގްރާމަރ
- ޕްރޮޖެކްޓް މެނޭޖަރ (ސޮފްޓްވެއަރ ޑިވެލޮޕް ކުރުމުގެ ތަޖުރިބާއަށް ބަލާފައެވެ)
- އިވެލުއޭޝަން ސްޓޭޖަށްފަހު މަސައްކަތް ހަވާލުކުރެވޭނީ ސްޓޭޖް 1 އިން %80 އަދި ސްޓޭޖް 2 އިން %20 ނެގުމަށްފަހު އެންމެ މަތިން ޕޮއިންޓް ހޯދާ ފަރާތަކާއެވެ.
ނޯޓް:
- ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- މިމަސައްކަތަށް ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
އިޢުލާން ނަންބަރު: H-2015/82A
ބިޑް ހުޅުވުން:
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2015 މޭ 07 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 07 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338122/ 3338154 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
04 ރަޖަބު 1436