މަސައްކަތް
ނަންބަރު: (IUL)230-AHI/230/2024/26
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 11:33
ސުންގަޑި: 18 އޭޕްރިލް 2024 13:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ކައުންސިލް އިދާރާގެ ކާރުގެ އެއަރކޯން މަރާމާތު ކުރުމާއިބެހޭ

ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު

އަތޮޅު ކައުންސިލް އިދާރާގެ ކާރުގެ އެއަރކޯން މަރާމާތު ކުރުމާއިބެހޭ

 

މިއިދާރާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކާރުގައި ހަރުކޮށްފައިވާ އެއަރކޯނުން އެއްވެސް ވަރަކަށް ފިނި  ނުކޮށްދޭތީވެ، ކާރުގައި ހަރުކޮށްފައިވާ އެއަރކޯނަށް ދިމާވެފައިވާ މައްސަލަ ދެނެގަނެ، އެކަން ރަގަޅު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލައިފީމެވެ.

                  ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،  17 އެޕްރީލް 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އަތޮޅު ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 18 އެޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ހުށަހެޅޭ ކޯޓޭޝަންތައް ކެނޑުމަށް އޮންނާނީ 18 އެޕްރީލް 2024 ވަނަ ދުވަހުގެ 13.05 ގައި އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. ކޯޓޭޝަންތައް ހުށަހަޅުއްވާ ފަރާތްތަކުން އެތަކެތި ކަނޑާ ވަގުތު ޖަލްސާކުރާ މާލަމްގައި ތިއްބެވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން ޢާންމު ކުރަމެވެ. މިމަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ނަމަ މިއިދާރާގެ ނަންބަރު: 6602537 ފޯނާއި ގުޅުއްވުން އެދެމެވެ.

                  މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢްލާން ކުރީމެވެ.

18  ރަމަޟާން  1445

28 މާރިޗު 2024