މަސައްކަތް
ނަންބަރު: (IUL)230-AHI/230/2024/24
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 23 އޭޕްރިލް 2024 11:30
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވިންގ ޓްރެކް އެތެރޭގެ ބައެއްގައި ތަލުމެއް އަޅާއިދޭނެ ފަރާތެއް ހޯދުމާއިބެހޭ

ބީލަން ހުށަހެޅުމުގެ ދައުވަތު

ޑްރައިވިންގ ޓްރެކް އެތެރޭގެ ބައެއްގައި ތަޅުމެއް އަޅައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

 

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ކުރިއަށްގެންދިއުމަށް މިކައުންސިލްގެ ފަރާތުން އޭދަފުށީގައި ތައްޔާރުކޮށްފައިވާ ޑްރައިވިންގ ޓްރެކްގެ އެތެރޭގައި އަތުރާފައިވާ ގައުތަކުގެ މަތީގައި، ތަޅުން އެޅިފައިނުވާ ސަރަހައްދުގައި، މަސައްކަތަށް ބޭނުންވާ ތަކެތި ދިނުމުން ތަޅުން އެޅުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 14:00  ގެ ކުރިން  [email protected] އަށް އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 23 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 11:30 އަށް މިކައުންސިލަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. 

 

  •      ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:
  1. ބީލަން ހުށަހަޅާ ފަރާތްތަކުން ބީލަން ތައްޔާރުކުރައްވާއިރު ބީލަން ކަރުދާހުގައި ހުރި މައުލޫމާތު ބެއްލުވުމަށް ސަމާލުކަން ދޭންވާނެއެވެ.  
  2. ބީލަމުގައި ރަޖިސްޓްރީވުމަށް އެދި، ވިޔަފާރި/ކުންފުންނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ޖެއްސެވުމަށްފަހު[email protected]  އަށް އީ-މެއިލް ފޮނުވަންވާނެއެވެ. އަދި އަމިއްލަ ފަރުދުން މިބީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުނަމަ ފުރިހަމަ ނަމާއި، އައި.ޑީ. ކާޑު ނަންބަރު، އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ޖެއްސެވުމަށްފަހު މަތީގައި އެވާ އެޑްރެހަށް އީމެއިލް ކުރަންވާނެއެވެ.
  3. ބީލަން/ޕްރޮޕޯސަލް ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޒިރުވާއިރު ހާޒިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޒޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.
  4. މި ބީލަމާއިގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ،  16 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް  [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 23 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 11:35 ގައި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ބީލަން ހުށަހެޅި އެންމެހާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

 

                                           17 ރަމަޟާން 1445 

27 މާރިޗު 2024