ބީލަން
ނަންބަރު: B3C-A/2024/03
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 15:42
ސުންގަޑި: 09 އޭޕްރިލް 2024 11:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

              މިކޯޓުގެ ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މިކޯޓުގެ ތިރީގައިވާ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1.1.   ރިސެޕްޝަން ހެދުމުގެ މަސައްކަތް

1.2.   ވެއިޓިންގ އޭރިއާ 2 ފާރު ތަޅާލައި ދޮރުސެޓް ބަދަލުކޮށް އެތެރެއަށް ބަދަލުގެނައުން

1.3.   ވެއިޓިންގ އޭރިއާ ސީލިންގ ޕީވީސީ ސީލިންގ އަށް ބަދަލުކުރުން

1.4.   ވެއިޓިންގ އޭރިއާގެ ބިތުގައި 2.5 ފޫޓަށް (އުސްމިން) މުށި ޖެހުން.

1.5.   ކޯޓުރޫމް ކުޑަދޮރު ބެއްދުން

  1. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

I. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

II. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

III. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

IV. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

  1. މިމަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 އެޕްރީލް 2 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކޯޓު (ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2024 އެޕްރީލް 9 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކޯޓު (ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު، ހދ.ނޮޅިވަރަން ދިވެހިރާއްޖެ ،ފޯން: 6520073 ، 6521679

އީ-މެއިލް: [email protected]

17 ރަމަޟާން 1445

27 މާރިޗު  2024

27 މާރިޗު 2024