ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AS/1/2024/34
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 15:39
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
1445 ގެ ރަމަޟާން މަހުގެ 20 އިން 30 ގެ ސަރުކާރު ބަންދު ދުވަސްތަކުގައި މިމިނިސްޓްރީއިން ޢާއްމުންނާ ވިޔަފާރިތަކަށް ދެމުން ގެންދާ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް

އިޢުލާން

1445 ގެ ރަމަޟާން މަހުގެ 20 އިން 30 ގެ ސަރުކާރު ބަންދު ދުވަސްތަކުގައި މިމިނިސްޓްރީއިން ޢާއްމުންނާ ވިޔަފާރިތަކަށް ދެމުން ގެންދާ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެން މިމުއްދަތުގައި މިމިނިސްޓްރީއިން ޢާއްމުންނާ ވިޔަފާރިތަކަށް ދެމުން ގެންދާ ޚިދުމަތް މެދުނުކެނޑި ލިބޭނެގޮތަށް ހަމަޖައްސާފައިވާ ކަން އަންގާ އިޢުލާން ކުރަމެވެ.

މިގޮތުން ޚިދުމަތް ދިނުން ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.

1- ވިޔަފާރިއާ ބެހޭ ޚިދުމަތް

ވަންގަވް އަދި ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސް ކުރެވޭނީ، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 11:00 އަށެވެ.

އަދި، މި މުއްދަތުގެ ތެރޭގައި ޚިދުމަތަށް އެދެމުންދާ މިންވަރު އިތުރުވެއްޖެނަމަ، މިނިސްޓްރީން ޢާންމުކޮށްފައިވާ ސަރވިސް ޕްރޮސެސިންގ ޓައިމްތަކަށް ބަދަލު އަންނާނެ ވާހަކަ ދެންނެވީމެވެ. 

މި މިނިސްޓްރީގެ ވިޔަފާރިއާބެހޭ ޚިދުމަތްތަކަށް އެދެވޭނީ ވަންގަވް one.gov.mv ނުވަތަ ބިޒްނަސް ޕޯޓަލް business.egov.mv އިންނެވެ.

ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް  one.gov.mv ގެ ލައިވް ޗެޓް ނުވަތަ  ކޮންޓެކްޓް ސެންޓަރ 1500 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

2- ފޮރިން އިންވެސްޓްމަންޓާ ބެހޭ ޚިދުމަތް

ފޮރިން އިންވެސްޓްމަންޓާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ނުވަތަ ހުށަހަޅާފައިވާ އެޕްލިކޭޝަނަކާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމަށްޓަކައި، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 11:00 އަށް އޮފީސް ހުޅުވިފައި ހުންނާނެއެވެ. މިގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށް 3333181 ނުވަތަ 3333182 އަށް ގުޅުއްވުން އެދެމެވެ.

އަދި މުވައްޒަފަކާއި ސީދާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 3333181 ނުވަތަ 3333182 އާއި ގުޅުއްވާ އެޕޮއިންޓްމަންޓް ހެއްދެވުމުން، ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖެހޭނެ ވާހަކަ ދަންނަވަމެވެ.

27 މާރިޗު 2024