ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120-C/1/2024/21
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 18 އޭޕްރިލް 2024 13:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ސާނަވީ (އެސް. އެސް. ސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ މާކަރުން ހޯދުން

އިޢުލާން

       2024 ވަނަ އަހަރުގެ ސާނަވީ (އެސް. އެސް. ސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ މާކަރުން ހޯދުން

2024 ވަނަ އަހަރުގެ އެސް.އެސް.ސީ އިމްތިހާނަށް މާކަރުން ހޯދުމަށް ކުރި މި ޑިޕާޓްމަންޓްގެ ނަންބަރު: (IUL)120-C/1/2024/17،) 18 މާރިޗު 2024) ގެ އިޢުލާނަށް އެކަށީގެންވާ ވަރަށް މާކަރުން ލިބިފައި ނުވާތީ، މާކަރުން ހޯދުމަށް އަލުން އިޢުލާނުކުރަމެވެ. ކުރީގެ އިޢުލާނަށް އިޖާބަދެއްވައި ފޯމު ހުށަހެޅުއްވި ފަރާތްތަކުން މި އިޢުލާނަށް ފޯމު ހުށަހަޅުއްވަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.

ބޭނުންވާ އަދަދު:

މަޤާމް

ދިވެހި

އިސްލާމް

މަސައްކަތްކުރަންޖެހޭ މުއްދަތު

މާކަރ

40

40

07 މެއި އިން 23 މެއި 2024 އަށް

 

ޝަރުޠު:

 

  1. މި އަހަރު އިމްތިޙާނުގައި ބައިވެރިވެ އިމްތިޙާނު ހަދާފައިވާ ފަރާތަކަށް ނުވުން.
  2. މާއްދާ އާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު،ކީސްޓޭޖް 3 ނުވަތަ 4 ނުވަތަ 5 ގެ ސިލަބަހަށް ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ މިހާރުގެ ސިލަބަހަށް މަދުވެގެން 1 އަހަރު މާކިންގ މަސައްކަތުގައި ބައިވެރިވެފައިވާ ފަރާތަކަށްވުން ނުވަތަ ސިލަބަހުގެ މަސައްކަތުގައި މިހާރުވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތަކަށްވުން ނުވަތަ ރަސްމީ މަސައްކަތެއްގެ ގޮތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުގައި ފަންނީލަފާ ދިނުމުގެ މަސައްކަތް ކުރާ ފަރާތަކަށްވުން ނުވަތަ ދިވެހި/އިސްލާމް ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރާ ފަރާތަކަށްވުން.

މަސްޢޫލިއްޔަތު:

 2024 ވަނަ އަހަރު އެޕްރީލްމަހުގައި އޮންނަ ސާނަވީ އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި އިސްޓީމުގެ ލަފަޔާ   އިރުޝާދުގެ ދަށުން ދަރިވަރުންގެ ޖަވާބު ކަރުދާސްތައް މާކުކުރުން

މާކުސް ލިބޭ ގޮތް

ތަޢުލީމް

20

ކިޔަވައިދިނުމާގުޅޭ މަސައްކަތުގެ ތަޖުރިބާ

10

މާކު ކުރުމުގެ މަސައްކަތުގެ ތަޖުރިބާ

20

ވޯކްޝޮޕްގެ ނަތީޖާ

50

 

މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:

  1. މާކިންގ ވާރކްޝޮޕް:

 07 މެއި 2024 އިން 09 މެއި 2024 އަށް (08:30 އިން 18:00 އަށް)

  1. މާކިންގ:

  11 މެއި 2024 އިން 23 މެއި 2024 އަށް (08:30 އިން 18:00 އަށް(

އުޖޫރަ:

  1. މާކަރުންގެ އުޖޫރައަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް 60.00 (ފަސްދޮޅަސް) ރުފިޔާ އެވެ.
  2. މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި 1,000.00 (އެއްހާސް) ރުފިޔާ އެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. މާކިންގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމު
  2. ވަނަވަރު (ސީ.ވީ)
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވަ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ
  5. ވަޒީފާ އަދާކުރާނަމަ އެކަމުގެ ލިޔުން

ސުންގަޑި:

 2024 އޭޕްރީލް 18 ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން

އެދެންވީ ގޮތް:

  • ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ "މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު ހުށައަޅަންޖެހޭ ހުރިހާ ޑޮއިކުމަންޓްތަކެއް 01 ފައިލް އަކަށްވާ ގޮތަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލު ނަމުގައި ފޯމުހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން ލިޔުއްވުމަށް ދަންނަވަމެވެ.
  • މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު ފޮނުއްވާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އަށް އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ. (ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އީ-މެއިލް މެދުވެރިކޮށް)
  • މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
  • އެސް.އެސް.ސީ/އެޗް.އެސް.ސީ އިމްތިޙާނު މާކު ކުރުމުގެ މަސައްކަތަށް މީހުންނެގުމުގެ އުސޫލު  މި ޑިޕާޓްމަންޓް ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
27 މާރިޗު 2024