ދިވެހިރާއްޖެ
ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި،ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރާއި،މުޖުތަމައުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރި ކުރުމަށާއި،އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި،ޖަމްއިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތުގެ އަގު ،ޤައުމީ ފެންވަރެއްގައި ވަޒަން ކުރުމުގެ މަޤުސަދުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕް މަންޓް އިން ކޮންމެ އަހަރަކު ދޭ "ރެހެންދި އެވޯޑް" އަށް ނަން ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
އެވޯޑަށް ކުރިމަތި ލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށައެޅުމުގެ ފުރުޞަތާއި،އެހެން ފަރާތަކުން ނަން ހުށައެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުޞަތު ވަނީ 18 އެޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާ ލެވިފައެވެ.
މި އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ އުޞޫލާއި އެޕްލިކޭޝަން ފޯމް،މިނިސްޓްރީ އޮފް
ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވަލަޕް މަންޓާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ މިނިސްޓްރީގެ ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރތަކުންވެސް ލިބެންހުންނާނެއެވެ.އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ،މިއެވޯޑަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި ،މިނިސްޓްރީގެ އީމެއިލް[email protected] އިންނާއި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި،އެހެން ދުވަސް ދުވަހުގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕް މަންޓް (އުމަރު ޒާހިރު އޮފީސް އިމާރާތް، އޯކިޑްމާހިގުން،ހުޅުމާލެ)ގެ ކައުންޓަރުންނެވެ.
މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.