މަސައްކަތް
ނަންބަރު: 137-IU/PR/2024/11
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 16 އޭޕްރިލް 2024 11:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުގައި ދެވޭ ހިދުމަތްތަކުގެ ކޮސްޓިންގ އެންޑް ރެވެނިއު އެންހޭންސިންގ ސްޓްރެޓަރޖީސް ޑިވެލޮޕް ކޮށްދޭނެެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު

 

އިޢުލާން ނަމްބަރ:   137-IU/PR/2024/11

ޕްރޮޖެކްޓް ނަމްބަރ:   137-PR/2022/W-07

 

ޕްރޮޖެކްޓްގެ ނަން:  އައި.ޖީ.އެމް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުގައި ދެވޭ ހިދުމަތްތަކުގެ ކޮސްޓިންގ އެންޑް ރެވެނިއު އެންހޭންސިންގ ސްޓްރެޓަރޖީސް ޑިވެލޮޕް ކޮށްދޭނެެ ފަރާތެއް ހޯދުން

 

މި ހޮސްޕިޓަލާއި މިހޮސްޕިޓަލުގެ ދަށުން ހިނގަމުންދާ ތަންތަނުން ދެވޭ ހިދުމަތްތަކުގެ ކޮސްޓިންގ އެންޑް ރެވެނިއު އެންހޭންސިންގ ސްޓްރެޓަރޖީސް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ  މިހޮސްޕިޓަލުން ހުށަހަޅާ "ޓީއޯއާރު" އާއި އެއްގޮތައް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.

ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

  1. ޚިދުމަތްދޭފަރާތަކީ، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައިވުން. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވުން.
  2. މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރ އަދި  ފޯނު ނަމްބަރ އެނގޭނެހެން 28 މާރިޗު  2024 އިން ފެށިގެން 14 އެޕްރީލް 2024 ގެ ނިޔަލަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.
  3. މިމަސައްކަތާބެހޭ އެންމެހައި ލިޔެކިޔުންތައް، ސޮފްޓްކޮޕީ ފޯރމެޓުގައި މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders  އިން 28 މާރިޗު 2024 ގެ 13:00 ން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.
  4. މިމަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 13 އެޕްރީލް 2024 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެސްތައް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 16 އެޕްރީލް 2024 ގެ 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކުރެވިފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.
  6. އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

       ކޮޕީ: [email protected]

 

 

                                   17 ރަމަޟާން 1445

                                    27 މާރިޗު 2024

27 މާރިޗު 2024