މަޤާމު:
|
ލީގަލް އޮފިސަރ
|
ޑިޕާޓްމަންޓް / ސެކްޝަން:
|
ކޭސް މެނޭޖްމަންޓް ޑިވިޜަން
|
ބޭނުންވާ އަދަދު:
|
01
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އީ.އެކްސް 2
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ވަޒީފާއާބެހޭ ޓްރައިބިއުނަލް، ކ.މާލެ
|
މުސާރަ:
|
10,500.00 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
ލިވިންގ އެލަވަންސް: 3,000.00 ރުފިޔާ
ސަރވިސް އެލަވަންސް: އަސާސީ މުސާރައިގެ %25
ނޮން-ޕްރެކްޓިސް އެލަވަންސް: މުސާރައިގެ %45
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޓްރައިބިއުނަލުން ބެލޭނޭ މައްސަލަތައް ކަނޑައެޅުމުގައި ޤާނޫނީ ލަފާ ދިނުން
- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައްޔާއި، އަދި މިނޫންވެސް ގޮތްގޮތުން ޓްރައިބިއުނަލަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ޤާނޫނީ ދާއިރާއާއި މައްސަލަ ބެލުމުގެ ކަންކަމާއިގުޅޭގޮތުން ހިންގަންޖެހޭ ތަމްރީންތަކާއި ޕްރޮގްރާމްތައް ހިންގުން.
- ޤާނޫނީ ދާއިރާއާއި މައްސަލަތަކާއިގުޅޭގޮތުން ހިންގަންޖެހޭ އެވެއަރނެސް ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދިނުން.
- ހަވާލުކުރެވޭ އެކިއެކި ލިޔުންތައް ތަރުޖަމާކުރުން.
- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގައި ޓްރައިބިއުނަލް އޮފިސަރުންނަށް އިރުޝާދުދިނުމާއި، އެހީތެރިވުން އަދި އެކަންދަނީ ރަނގަޅަށްތޯ ބަލާ މޮނިޓަރކުރުން.
- ޓްރައިބިއުނަލްގެ މަސައްކަތާގުޅިގެން މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ފޯރުކޮށްދިނުން.
- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުން، މިގޮތުން މިފަދަ މައްސަލަތަކުގައި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ޓްރައިބިއުނަލްތަކުން ނިންމާފައިވާ ނިންމުން ބަލާ ދިރާސާކުރުމާއި، ދިވެހިރާއްޖޭގައި މިފަދަ މައްސަލަތަކުގައި މީގެ ކުރީން ޢަމަލުކޮށްފައިވާ ގޮތް ބަލާ ހޯދުމާއި، ޤާނޫނީ ލިޓްރޭޗަގައި މިފަދަ މައްސަލަތަކާއި މެދު ޢަމަލުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ގޮތް ދެނެގަތުން.
- ޓްރައިބިއުނަލުގެ މަސައްކަތް ރަނގަޅަށް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމުގައި ތައްޔާރުކުރަންޖެހޭ ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުން.
- ޓްރައިބިއުނަލުގެ މަސައްކަތްތަކާއި ގުޅިގެން ޤާނޫނީގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިރާސާކޮށް ޓްރައިބިއުނަލްގެ މައްސަލަބެލުމާއި، ޓްރައިބިއުނަލްގެ އެހެނިހެން ކަންކަން ޒަމާނާއެއްގޮތަށް ހަލުވިކަމާ ފުރިހަމަކަމާއި އެކު ކުރެވޭނޭގޮތުގެ ލަފަޔާއި އިރުޝާދުދީ މިކަންކަމުގައި އެހީތެރިވުން.
- މައްސަލަ ނިމުނުގޮތުގެ ރިޕޯރޓް ތައްޔާރުކުރުމުގައި ޓްރައިބިއުނަލްގެ މެންބަރުންނަށް އެހީތެރިވެދިނުން.
- ޙަވާލުކުރެވޭ ގޮތެއްގެމަތިން ޓްރައިބިއުނަލުން ބަލައި މައްސަލަތަކުގެ ނިންމުންތައް ތަންފީޒުވާ މިންވަރު ބެލެހެއްޓުމުގައި އެހީތެރިވުން.
- ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތައް ބަލާ ނިމުމާއެކު މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
- ޓްރައިބިއުނަލްގެ މަސައްކަތަށް ބޭނުންވެގެން ތައްޔާރުކުރަންޖެހޭ އެކި ޤާނޫނީ ލިޔުންތަކާއި، ޤަވާއިދުތަކާއި، ޕޮލިސީ އަދި ޕްރޮސީޖަރތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
- އިދާރީކަންކަމުގައިބޭނުންވާ ޤާނޫނީ ލަފާދިނުމުގައި އެހީތެރިވެދިނުން.
- ޙަވާލާކުރެވޭ ގޮތުގެމަތިން އެކި ބައްދަލުވުންތަކުގެ ޔައުމިއްޔާއާގުޅޭ ކަންކަން ކުރުން.
- ޓްރައިބިއުނަލަށް ހުށަހެޅޭ އިދާރީ އެކިއެކި ކަންކަމާއި، މީޑިއާއަށް ޖަވާބުދާރީވާންޖެހޭ ކަންތައްތަކުގައި ޓްރައިބިއުނަލުގެ ރިޔާސަތުން ބޭނުން ވެއްޖެ ހިނދެއްގައި އެހީތެރިވެދިނުން.
- ތަފާތު އެކި ބައްދަލުވުންތަކުގައި ޓްރައިބިއުނަލްގެ ފަރާތުން ބައިވެރިވާން ޖެހިއްޖެ ހިނދެއްގައި ބައިވެރިވުން.
- ޓްރައިބިއުނަލްގެ މަސައްކަތާއި ގުޅިގެން ހޯދަންޖެހޭ ހޯދުންތައް ހޯދުމަށް މާލެއިން ބޭރަށް ދާންޖެހޭ ޙާލަތުތަކުގައި އެފަދަ ދަތުރުތަކުގައި ބައިވެރިވުން.
- ފައިލްކުރަންޖެހޭ ސިޓީއާއި އެހެނިހެން ލިޔުންތައް ފައިލްކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
ޤާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އިން ފެށިގެން މަތީ ސަނަދެއް ޙާޞިލުކޮށްފައިވުން.
|
މަޤާމުގް ތަޢުލީމީ ރޮނގުތައް:
|
- ޝަރީއާ އެންޑް ލޯ
- ލޯ
|
މަޤާމުގް މަސައްކަތުގެ ދާއިރާތައް:
|
- ޤާނޫނީ ދާއިރާ
|
އެހެނިހެން:
|
- އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
- ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.
- މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
- ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކުކަމުގައިވުން.
|
މަސައްކަތްކުރަންޖެހޭތަން:
|
މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އެޕްރިލް 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ޓްރައިބިއުނަލުގެ އީމެއިލު ([email protected]) މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް،
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު،
3. އައި.ޑީ ކާޑުގެ ކޮޕީ،
4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ.
5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،
- މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.
|
ޝޯޓްލިސްޓުކުރުން:
|
- ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނެވެ.
|
މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.
|