މަސައްކަތް
ނަންބަރު: JS-B/2015/31
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 18:11
ސުންގަޑި: 27 އޭޕްރިލް 2015 11:00
ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
އިނާމު ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ތަކެތި ހައްދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ތިރީގައިވާ ތަކެތި ހައްދަން ބޭނުންވެގެން ކުރެވުނު މި ސްކޫލުގެ JS-B/2015/19 ނަންބަރު އިޢުލާނާ ގުޅިގެން ދޫކުރެވުނު މަޢުލޫމާތާ އެއްގޮތަށް 25 ސޭޝް އާއި 141 ޓްރޮފީ ހެއްދުމުގެ މަސައްކަތަށް އަންދާސީހިސާބު ހުށަހަޅަން ހާޒިރުވީ 2 ފަރާތުން ކަމަށްވާތީއާއި، އެއިޢުލާނާ ގުޅިގެން 556 ފިލާ ( ޕްލާކް ) ހެދުމަށް ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އަލުން ތިރީގައި މިދަންނަވާ ތަކެތި ހެއްދުމަށް ފުރުޞަތު ހުޅުވާލިވާހަކަ ދެންނެވީމެވެ.

1– 556 ފިލާ ހެއްދުން ( ޕްލާކް )

2– 25 ސޭޝް އާއި 141 ޓްރޮފީ ހެއްދުން

ވީމާ، މި ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް ދިނުމަށް ބޭނުންވާ މަތީގައިވާ ތަކެތި ހައްދަވައިދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 27 އެޕްރީލް 2015 ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 އެޕްރީލް 2015 ދުވަހުގެ 11:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

3 ރަޖަބު 1436

22 އޭޕްރިލް 2015