ދިވެހިރާއްޖެ
ދިވެހިރާއްޖެ،
ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް P177040
ގްރާންޓް ނަންބަރު : E047-MV
މަސައްކަތުގެ ބާވަތް: ވާދަވެރި، އޯޕަން އެކްސެސް ބްރޯޑްބޭންޑް މާކެޓަކަށް އެންފޯސްމަންޓް ރެގިއުލޭޓަރީ ފްރޭމްވޯކްގައި ހުރި ފަރަގުތަކުގެ ތަފްސީލީ އެސެސްމަންޓެއް ހެދުމަށް ޓެކްނިކަލް އެސިސްޓަންސް ފޯރުކޮށްދޭނެ ކޮންސަލްޓިންގ ފާރމެއް ހޯދުމަށް
ރިފަރެންސް ނަންބަރު: MV-MoECCT-DMADD-361221-CS-QCBS
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓަށް ލިބިފައިވާ ފައިސާގެ ތެރެއިން ބައެއް ކޮންސަލްޓެންސީގެ ހިދުމަތް ހޯދުމަށް ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންސަލްޓެންސީއަކީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވިސް (ސީ.އޭ.އެމް) އަށް ބޭނުންވާ ފުރިހަމަ މޮނިޓަރިންގ އެންޑް ރިޕޯޓިންގ ފްރޭމްވޯކެއް ޤާއިމުކޮށް، އިންޓަރނެޓް ފޯރުކޮށްދޭ އުމްރާނީ ވަސީލަތްތަކާއި ޚިދުމަތްދޭ ފަރާތްތަކުން ހުށަހަޅާފައިވާ ގޮތަށް ޚިދުމަތް ފޯރުކޯށްދޭކަން ކަށަވަރުކުރުމެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބްރޯޑްބޭންޑް ޚިދުމަތް ދޭގޮތުގެ ފެންވަރު ދެމެހެއްޓެނިވި ގޮތެއްގައި މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި، ބޭނުންވާ އާލާތްތަށް ދެނެގަތުމާއި، މިފަދަ އާލާތްތައް އޮޕަރޭޓްކުރުމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގައި އޯޕަން އެކްސެސްއާއި އިންސާފުވެރި ވާދަވެރިކަން ކުރިއެރުވުމަށް ބޭނުންވާ ރެގިއުލޭޓަރީ ފްރޭމްވޯކްތައް އެކުލަވާލުމާއި އަދާހަމަކުރުން މަސައްކަތުގައި ހިމެނެއެވެ. ރެގިއުލޭޓް ކުރުމުގެ އިތުރުން މި ދާއިރާ ހަރުދަނާ ގޮތެއްގައި މޮނީޓަރކޮށް ބެލެހެއްޓުމަށްޓަކައި ސީ.އޭ.އެމްގެ މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށްޓަކައި، މުވައްޒަފުންނަށް ބޭނުންވާ ކެޕޭސިޓީ ބިލްޑިންގް ޕްރޮގްރާމްތައް ދެނެގަތުން ހިމެނެއެވެ.
މި މިނިސްޓްރީގެ ފަރާތުން މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ޝަރުތު ހަމަވާ ކޮންސަލްޓިންގ ފާރމްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮންޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިންކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު، މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔެކިޔުންތައް) ހުށަހަޅަންވާނެއެވެ. މި ޚިދުމަތަށް ޝޯޓްލިސްޓްކުރުމުގެ ޝަރުތުތަކަކީ؛ހ. ޓެލެކޮމް ޕްލޭނިންގ އަދި އިންފޯމޭޝަން ޕްރޮގްރާމްސް ސަޕޯޓިންގ ކުއަލިޓީ އޮފް ސަރވިސް ގެ ދާއިރާގައި މަދުވެގެން 5 އަހަރު ގެ ތަޖުރިބާ ހުރުން؛ ށ. އިންޓަރނެޓްގެ ކުއަލިޓީ އެސެސްކޮށް ބެލެހެއްޓުމާއި ގުޅޭ މަޝްރޫއުގެ 3 ޕްރޮޖެކްޓު ކާމިޔާބުކަމާއި އެކު ނިންމާފައިވުން. ނ. އިންޓަރނޭޓްގެ ކުއަލިޓީ އޮފް ސާރްވިސް ތަންފީޒުކުރުމާއި ރެގިއުލޭޓަރީ ފްރޭމްވޯކްތައް އެކުލަވާލުމާއި ގުޅޭ މަޝްރޫއުގެ 1 ޕްރޮޖެކްޓް ކާމިޔާބުކަމާއި އެކު ނިންމާފައިވުން.
ޝޯޓްލިސްޓް މަރުހަލާގައި ކީ އެކްސްޕާރޓުން އިވެލުއޭޓެއް ނުކުރާނެއެވެ. އެހެން ނަމަވެސް، ހުށަހަޅާފައިވާ ކޮންމެ ކީ އެކްސްޕާޓަކަށް ހުށަހަޅުއްވާފައިވާ މަޤާމު ސާފުކޮށް ބަޔާން ކުރަންވާނެއެވެ.
މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތައް "ވަރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސްގެ ފަސްވަނަ އެޑިޝަން، ސެޕްޓެންބަރު 2023" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ ސެކްޝަން 3 ޕޮއިންޓް 3.14، 3.16 އަދި 3.17 ވަނަ މާއްދާ ރަނގަޅަށް ކިޔުއްވުމަށް ދަންނަވަމެވެ.
މި ކޮންސަލްޓަންސީ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެހެން ފާރމްތަކާއި އެސޯސިއޭޓްވެގެން އެކްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅިދާނެއެވެ. މިގޮތުން އެހެން ފާރމްތަކާއި އެސޯސިއޭޓް ވާނަމަ، އެސޯސިއޭޝަންގެ ބާވަތް (ޖޮއިންޓް ވެންޗަރ ނުވަތަ ސަބްކޮންސަލްޓަންޓް) ސާފުކޮށް ލިޔުމުން އެނގެން އޮންނަންވާނެއެވެ. ޖޮއިންޓް ވެންޗަރގެ ގޮތުގައި ކުރިމަތިލުމަށްފަހު މި މަސައްކަތައް ހޮވިއްޖެނަމަ، މި މަސައްކަތުގައި ދިމާވާ ކޮންމެ ކަމެއްގައި ހުރިހާ ފާރމްތަކުން ހަމަހަމައަށް ޒިންމާ ނަގަންޖެހޭނެއެވެ.
މި ކޮންސަލްޓެންސީއަށް ފަރާތެއް ހޮވުމުގައި ބޭނުންކުރާނީ ވޯލްޑް ބޭންކްގެ ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯ އައި.ޕީ.އެފް ބޮރޯވާސްގެ ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުސޫލެވެ.
މި ކޮންސަލްޓެންސީއާއި ގުޅޭ އިތުރު މަޢުލޫމާތު މި ދަޢުވަތާ އެކީގައި ޝާއިޢު ކުރެވިފައިވާ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބް ސައިޓްއިން www.environment.gov.mv ލިބެންހުންނާނެއެވެ.
ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2024 އޭޕްރިލް 25 ވަނަ ދުވަހު ގަޑިން 10:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.
ޕްރޮޖެކްޓް މެނޭޖަރ
ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް،
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ،
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ،
ކަލާފާނު ހިނގުން، މާލެ 20064، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
ފޯނު ނަންބަރު: 3302253