މުބާރާތް
ނަންބަރު: (IUL)410-C/410/2024/18
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 21 އޭޕްރިލް 2024 13:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް ފުޓުސަލް މުބާރާތް 2024 ބޭއްވުމާއި ބެހޭ

        މި ކައުންސިލުން ކޮންމެ އަހަރަކު ބޭއްވުމަށް ނިންމާފައިވާ ކައުންސިލް ކަޕް ފުޓުސަލް މުބާރާތް 2024 މިއަންނަ މެއި މަހުގެ 9 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށްވަނީ ކައުންސިލުން ނިންމާފައެވެ.

        މި މުބަރާތަކީ ރަށުގެ ޒުވާނުންނަށް ޚާއްޞަކުރެވިގެން ބާއްވާ މުބާރާތެއް ކަމަށްވާތީ، ކައުންސިލް ކަޕް 2024 ގައި ބައިވެރިވެވޭނީ ހަމައެކަނި ދާންދޫއަށް ނިސްބަތްވާ ޓީމްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

        މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 30 މާރިޗު 2024 ން ފެށިގެން 21 އޭޕްރީލް 2024 އާއި ހަމަޔަށް ކައުންސިލް އިދާރާއިންނާއި ކައުންސިލްގެ ވެބުސައިޓުން ލިބެންހުންނާނެއެވެ.

        މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން 21 އޭޕްރިލް 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދެންނެވިފައިވާ ތާރީޚަށްވުރެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

        ވީމާ، މުބާރާތުގެ ޤަވައިދާއި، މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޯމް އަދި ޓީމް ލިސްޓް ހުށަހަޅާ ފޯމް  މިއިއުލާނާއެކު އާންމުކޮށް އިޢުލާންކުރީމެވެ.

        މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

26 މާރިޗު 2024