ދިވެހިރާއްޖެ
އިޢުލާން
އަނގޮޅިތީމު ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމް ފަހާދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.
މި ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމް، މި ސްކޫލުން ދޭ ނަމޫނާއާއި އެއްގޮތަށް ފަހާދިނުމަށް އެދޭފަރާތްތަކަށް އެފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 މާރޗް 27އަދި 28 މި ދެދުވަހުގެ 9:00 އާ 13:00 އާ ދެމެދު ސްކޫލަށް ވަޑައިގެން ނުވަތަ [email protected] މި އީ-މެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ފޯމް ހުށައެޅުވުން އެދެމެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
މި ބީލަމާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2024 އެޕްރީލް 15 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި އަނގޮޅިތީމު ސްކޫލުގައެވެ. އަދި ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 އެޕްރީލް 23 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި އަނގޮޅިތީމު ސްކޫލުގައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން، ނަން ނޯޓު ކުރެއްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.