ދިވެހިރާއްޖެ
އިޢުލާން
1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ (31 މާރިޗު 2024 ން 09 އޭޕްރީލް 2024އަށް) ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ މި މުއްދަތުގެ ތެރޭގައި މި ކޮމިޝަނުން ލިޔެކިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. އެހެންކަމުން އެއްވެސް މައްސަލައެއް، ކުށުގެ ރެކޯޑު ސާފުކުރާ ފޯމެއް އަދި މި ނޫނަސް އެހެނިހެން ލިޔެކިޔުން ކޮމިޝަނަށް ހުށައެޅުއްވުމަށް ކޮމިޝަނުގެ ރަސްމީ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނަމަވެސް، ކޮންމެހެން ކޮމިޝަނަށް ހާޒިރުވެވަޑައިގެން ލިޔުމެއް ހުށައަޅުއްވަން ބޭނުންފުޅުވެއްޖެ ހާލަތެއްގައި އެކަމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކޮމިޝަނުގެ ނަންބަރު 3003101 އަށް ގުޅުއްވައި އެކަން އަންގަވައިދެއްވުން އެދެމެވެ.
މި މުއްދަތުގެ ތެރޭގައި އެއްވެސް ކަމަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ކޮންމެ ހަފްތާއެއްގެވެސް އާދިއްތަ އިން ބުރާސްފަތި ދުވަހަގެ ހެނދުނު 9:00 އިން 13:00 އަށް 3003101 އަށް ގުޅުއްވުން އެދެމެވެ. އަދި ކޮމިޝަނަށް ހުށައެޅޭ މައްސަލަަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ކޮމިޝަނުގެ ހޮޓްލައިން 1424 އަށް ގުޅުއްވުން އެދެމެވެ.