ދިވެހިރާއްޖެ
މި ރަށު އިންޖީނުގޭގެ އިރުމަތީ ފަރާތު ރިޒާވްކުރެވިފައިވާ ބިމުގައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު: (IUL)408-ESMS/408/2023/46 (23 އޮކްޓޫބަރު 2023) އަދި (IUL)408-ESMS/408/2023/51 (05 ޑިސެންބަރު 2023) އިޢުލާނަށް އެއްވެސްފަރާތަކުން އިޖާބަދީފައިނުވާތީ، 3 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، އެ ސަރަޙައްދުގައި ފެހިކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ އެއްވެސް ރުކެއް ނުވަތަ ގަހެއްގެ ވެރިފަރާތެއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު އެ ރުކެއް ނުވަތަ ގަހެއްގެ ނަންބަރު އެނގޭގޮތަށް 18 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މި އިދާރާއަށް ލިޔުމަކުން އެންގެވުން އެދެމެވެ.
އަދި ދަންނަވަމެވެ. މި އިޢުލާނާގުޅިގެން އެ ރުއްތަކާބެހޭގޮތުން އެއްވެސްފަރާތަކުން އިޖާބަދީފައި ނުވާނަމަ، ބަންޑާރަ ރުއްތަކެއް ކަމަށްބަލައި އެ ރުއްތަކާމެދު ޢަމަލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.